...

Support Us

ރަޝިޔާގެެ ނިޔުކްލިޔަރ ޤާބިލުކަން އުތުރު ކޮރެޔާގެ ޒަޢީމަށް ދައްކައިލައިފި

ނިޔުކްލިޔަރ ޤާބިލުކަން ހުރި ރަޝިޔާގެ އިސްތިރާޖީ މަތިންދާބޯޓާއި އަޑަށްވުރެ މާ ބާރަށް ދަތުރުކުރާ ރޮކެޓާއި ރަޝިޔާގެ ބައެއް މަނަވަރުތައް އުތުރު ކޮރެޔާގެ ޒަޢީމް ކިމް ޖޮންގ އުން އަށް ރަޝިޔާއިން މިއަދު ދައްކައިލައިފިއެވެ.

ރަޝިޔާއަށް ޒިޔާރަތް ކުރައްވަމުންގެންދަވާ އުތުރު ކޮރެޔާގެ ޒަޢީމު މި ހަތިޔާރުތައް ބައްލަވައިލެއްވީ ރޫސީ ދިފާޢީ ވަޒީރު ޝުވިގޯގެ އަރިހުގައި މި ތަންތަނަށް ޒިޔާރަތްކުރެއްވުމުގެ ތެރޭގައެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ވަޒީރު ޝުވިގޯ އުތުރު ކޮރެޔާގެ ޒަޢީމަށް ރަޝިޔާގެ ހަނގުރާމަމަތީ އިސްތިރާޖީ މަތިންދާ ބޯޓުތައް ދައްކަވައިލެއްވިއެވެ. އެއީ ޓީ ޔޫ 160 މަރުކާގެ ބޯޓާއި ޓީޔޫ 22 އެމް3 ގެ ބޯޓުތަކެވެ. މިއީ ނިޔުކްލިއަރ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ދުރު ރާސްތާ މަތިންދާބޯޓުތަކެކެވެ. ރަޝިޔާގެ ވައިގެ ބާރުގައި އެންމެ އިސް ސަފުގައި ހިމެނެނީ މި  ބޯޓުތަކެވެ. އޭގެތެރެއިން ބޯޓެއް ދައްކައިލައްވައިފާ ވަޒީރު ޝުވިގޯ ކިމަށް ދެންނެވިއެވެ. "މި ބޯޓު މޮސްކޯއިން ފުރައިގެން ޖަޕާނަށް ގޮސް ޙަމަލާދީފައި މޮސްކޯއަށް އަނބުރާ އާދެވޭނެއެވެ."

މަތިންދާބޯޓުތަކާއި މިސައިލްތައް ބައްލަވައިލެއްވުމަށްފަހު ކިމް ދެން ބައްލަވައިލެއްވީ ޕެސިފިކް ކަނޑުގައި އޮތް ރަޝިޔާގެ ފްރިގެޓް މަނަވަރެކެވެ. އެއަށް ފަހު ކިމް ރޫސީ ފްލީޓުން ބޭއްވި ކުޅި ސަމާއެއް ބައްލަވައި ލެއްވިއެވެ. 

އުތުރު ކޮރެޔާގެ ޒަޢީމު ރަޝިޔާގެ އެންމެ އިރުމަތީގައި އޮންނަ ވުލާޑިވޮސްޓޮކް ސަހަރަށް ވަޑައިގަތީ މިއަދުއެވެ. އޭނާއަށް މި ސަހަރުން މަރްޙަބާ ދެންނެވީ ރޫސީ ދިފާޢީ ވަޒީރު ޝުވިގޯއެވެ. ރޫސީ ޓާސް ނޫސް އޭޖެންސީ ބުނާގޮތުގައި އިއްޔެ ޒަޢީމު ކިމް މަތިންދާބޯތު އުފައްދާ ކާރުޚާނާއަކަށް ވަޑައިގެންނެވިއެވެ.

އުތުރު ކޮރެޔާގެ ޒަޢީމު ރަޝިޔާއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާތީ ހުޅަނގު އެކަމާމެދު  ވަރަށް ކަންބޮޑުވެއެވެ. އެއީ އުތުރު ކޮރެޔާއިން ޔުކްރޭން މަސްއަލައިގައި ރަޝިޔާއަށް ތާއީދުކުރާތީއެވެ.

ވައިގެ ދަތުރުފަތުރާ ބެހޭ މައިދާނުގައި ރަޝިޔާއިން ހޯދަމުންދާ ކާމިޔާބީތަކަށް ކިމް ތާރީފު ކުރެއްވިއެވެ.

އުތުރު ކޮރެޔާގެ ޒަޢީމް ކިމް ރަޝިޔާއަށް ވަޑައިގަތީ މި ދިޔަ އަންގާރަދުވަހުއެވެ. މިއީ ކޮވިޑް 19ގެ ފަހުން ކިމް ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 

ކްރެމްލިނުން އިއްޔެ ހާމަކުރިގޮތުގައި ކިމްގެ މި ދަތުރުފުޅުގައި ޢަސްކަރީ މައިދާނުގައި އެއްބާރުލުމާ ބެހޭ އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރުމެއް ނޯންނާނެއެވެ. 

އެމެރިކާއާއި ދެކުނު ކޮރެޔާއިން ދަނީ ކިމްގެ ދަތުރުފުޅު ކުށްވެރިކުރަމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.