Support Us

ޑާނިޔާލް ޠޫފާނުގެ ސަބަބުން ލީބިޔާގެ ދަރްނާ އިން ދެހާސް މީހުން މަރުވެއްޖެ

ލީބިޔާގެ އިރުމަތީ ސަރަޙައްދަށް އެރި ޑާނިޔާލް ޠޫފާނުގެ ސަބަބުން ލީބިޔާގެ ދަރްނާ ސަރަޙައްދުން އެކަނިވެސް ދެ ހާސް މީހުން މަރުވެއްޖެއެވެ.

ކަމަށް ލީބިޔާގައި ސަރުކާރެއް ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ ބޮޑުވަޒީރު އުސާމާ ޙައްމާދު ނޫސްވެރީންނަށް ސިފަކުރެއްވި ގޮތުގައި މިފަދަ ޠޫފާނެއް ދުވަހަކު ވެސް އައިސްފައެއް ނުވެއެވެ. އެއީ ވަރަށް ބޮޑު ކާރިސާއެކެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މީހުން ދިރިއުޅޭ ބައެއް އަވަށްތައް ވަނީ ފެންބޮޑުވުމުގެ ސަބަބުން ކަނޑަށް ދަމައިގަތްފައެވެ. ޙައްމާދު ވަނީ ލީބިޔާގެ ޑަކްޓަރުންނަށް އަވަހަށް އެ ސަރަޙައްދަށް ދިޔުމަށް ގޮވައިލައްވައިފައެވެ. ލީބިޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު ހާމަކުރެއްވި ގޮތުގައި ޑާނިޔާލް ޠޫފާނުގެ ސަބަބުން ދަރްނާ ސަހަރުގެ 25% ވަނީ ނެތިގެން ގޮސްފައެވެ.

ދަރްނާ ތަމްސީލު ކުރައްވާ ބަރްލަމާން މެންބަރު އަޙްމަދު އަމްދީރު އެ ސަހަރު ސަލާމަތް ކުރުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވައިލެއްވިއެވެ. އދ އިން ބުނާގޮތުގައި ދަރްނާ ސަހަރަށް އެހީވުމަށް ޓަކައި އދ އިން މިހާރު ވަނީ ކުއްލި އެހީވުމަށް ޚާއްޞަ ޓީމެއް އެކުލަވައިލައިފައެވެ.

ލީބިޔާގައި ރައީސް ޢަބްދުލް ޙަމީދު އައްދުބައިބާ އިއްޔެ ހާމަކުރެއްވިގޮތުގައި ލީބިޔާގެ އިރުމަތީ ސަރަޙައްދުގައި ފެންބޮޑުވެ ޙާލުގައި ޖެހުނު ހުރިހާ ރަށްތަކަކީ ކާރިސީ ޙާލަތުގައިވާ ރަށްތަކެކެވެ.

ލީބިޔާ ބުނާގޮތުގައި ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ލީބިޔާއަށް ވާރޭ ނުވެހޭ ވަރަށް ޑާނިޔާލް ޠޫފާނުގެ ސަބަބުން ވާރޭ ވެހުނެވެ. މި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ޙާލުގައި ޖެހިފައިވަނީ ބަންޣާޒީއާއި ބައިޟާއާއި މަރަޖާއި ސޫސާއާއި ދަރްނާ އެވެ.

ލީބިޔާއާ ކުރިމަތިވި ބޮޑު ވިއްސާރައިގެ ސަބަބުން މަރުވި މީހުންނާއި ލިބުނު ގެއްލުންތަކަށް ޓަކައި އެ ޤައުމުގައި މިހާރު ވަނީ ހިތާމަ ފާޅުކުރުމުގެ ތިން ދުވަސް އިޢުލާންކޮށްފައެވެ. އަދި އެ ޤައުމުގެ ދިދަވެސް ތިން ދުވަހުގެ މުއްދަތަށް ބައިދަނޑިއަށް ތިރި ކުރެވޭނެއެވެ.

ލީބިޔާގެ މޫސުމާ ބެހޭ އިދާރާ ބުނާގޮތުގައި އަލްޖަބަލުލް އަޚްޟަރު ސަރަޙައްދަށް ވެހުނު ވާރޭގެ މިންވަރަކީ 400 މިލީމީޓަރެވެ. މިއީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ފުރަތަމަ ފަހަރެވެ.

އިސިސްކޯގެ އެހީ

އިސްލާމީ  ޤައުމުތަކުގެ ޔުނެސްކޯ (އިސިސްކޯ) އިން  އިއްޔެ ހާމަކުރި ގޮތުގައި ޑާނިޔާލް ޠޫފާނުގެ ސަބަބުން ގެއްލުން ލިބުނު އާސާރި ތަންތަން މަރާމާތުކޮށް ރައްކައުތެރިކުރުމުގެ މަސައްކަތް އެ ޖަމްޢިއްޔާއިން ވަރަށް އަވަހަށް ފަށާނެއެވެ. މި ޖަމްޢިއްޔާއިން ވަނީ ލީބިޔާގެ ރައްޔިތުންނާއެކު އެކަތިގަނޑަކަށްވެ އެއްބާރުލާނެކަން ހާމަކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *