...

Support Us

އިސްރާއީލު އެންމެ ބޮޑަށް ބިރުގަންނަ އެއް ކަމަކީ މިޞްރު ނިޔުކްލިޔަރ ބާރަކަށް ވުން

ސުޢޫދީ ޢަރަބިއްޔާއިން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކުރުމުގެ ޝަރްޠުތަކުގެ ތެރޭގައި އެމެރިކާއިން ސުޢޫދީ ޢަރަބިއްޔާގައި ނިޔުކްލިއަރ އިސްޓޭޝަނެއް ހަދައިދިނުން ވެއެވެ. އެހެނަސް މިއީ އިސްރާއީލު އެކަމާމެދު ވަރަށް ކަންބޮޑުވާ ކަމެކެވެ. އިސްރާއީލުގެ ސިޔާސީ މުޙައްލިލެއް ކަމުގައިވާ ޔޫސީ މެލްމަން ވަނީ މި ކަމާމެދު ވިސްނުމަށާއި އެކަމަށް ރައްކައުތެރިވުމަށް އިސްރާއީލު ސަރުކާރަށް ގޮވައިލައިފައެވެ. މެލްމަން އިންޒާރުކުރާ ގޮތުގައި ސުޢޫދީ ޢަރަބިއްޔާގައި ނިޔުކްލިއަރ އިސްޓޭޝަނެއް ޤާއިމުކުރެވިއްޖެނަމަ  މިޞްރު ނިޔުކްލިޔަރ ބާރަކަށް ވެދާނެއެވެ.  

އިސްރާއީލުގެ މި މުޙައްލިލުގެ ވާހަކަތަކަށް ރައްދު ދެއްވައި މިޞްރުގެ ޢަސްކަރީ ނާޞިރު އެކަޑަމީގެ ކުރީގެ ޑިރެކްޓަރު، ޖެނެރަލް މުޙައްމަދުލް ޣުބާރީ ވިދާޅުވިއެވެ. "ޔަހޫދީންގެ ތާރީޚަށާއި ޢަޤީދާއަށް ބަލާއިރު މިޞްރު މީހުންނަކީ  އަބަދުވެސް ޔަހޫދީންގެ ދުޝްމަނުންތަކެކެވެ."

އޭނާ ވިދާޅުވިއެވެ. "އިސްރާއީލީންނަކީ މިޞްރުދެކެ ހިތްބިރުގަންނަ ބައެކެވެ. މޫސާގެފާނުގެ އަރިހުގައި މިޞްރުން ނުކުތް ދުވަސް އެއީ އެމީހުންގެ ކައިބޫރު ޢީދު ދުވަހެވެ. މި ދުވަހު އެމީހުން މިއަދުވެސް މިޞްރަށް ބަދުދުޢާ ކުރެއެވެ." 

އޭނާ ވިދާޅުވިގޮތުގައި ޔަހޫދީންނަކީ މިޞްރުދެކެ ލޯބިވާ ބައެއްނޫނެވެ. އެމީހުންގެ ހިތުގައި މިޞްރާމެދު ނަފްރަތްތެރިކަމާއި ދުޝްމަނުކަން އޮވެއެވެ. މިކަމުގެ ސަބަބަކީ މިޞްރުގެ ޝާމިލު ބާރު އިސްރާއީލުގެ ޝާމިލު ބާރަށް ވުރެ ބޮޑުކަމެވެ. މިޞްރުގެ އާބާދީ 100 މިލިއަނަށް އަރައިއިރު  އިސްރާއީލުގައި ތިބީ އެންމެ ހަ މިލިޔަން މީހުންނެވެ. މިޞްރުގެ އޭރިޔާގައި މިލިއަން ކީލޯ އަކަމީޓަރު އޮތް އިރު އިސްރާއީލުގެ ބިންކޮޅު 27 ހާސް ކީލޯ މީޓަރަށް ވުރެ ކުޑައެވެ. ޙަޤީޤަތުގައި އިންސާނީ ބާރު މާ ވަރުގަދަވާނެއެވެ. މިހެންވެ އިސްރާއީލު ދެކޭގޮތުގައި މިޞްރުގެ ޙަޔަވީ ޖިސްމު އިސްރާއީލަށް ވުރެ މާ ބޮޑެވެ. އިސްރާއީލުގެ ޢަސްކަރީ ބާރުގަދަޔަސް މިއީ އޭގެ ބޭނުން މިޞްރުން ހިފައިފާނެ ބާރެކެވެ. 

ޖެނެރަލް މުޙައްމަދުލް ޣުބާރީ ވިދާޅުވިގޮތުގައި ސުޢޫދީ ނިޔްކްލިޔަރ ފައިލަކީ މިޞްރާ ބެހޭ ކަމެއްނޫނެވެ. އިސްރާއީލުން އެފަދަ ވާހަކަތައް  ދައްކަނީ "މިޞްރާ ސުޢޫދިޔާ ޖައްސަން ވެގެންނެވެ." 

އިސްރާއީލުގެ މުޙައްލިލު ބުނިގޮތުގައި ރިޔާޟާއެކު ގުޅުންތައް ޠަބީޢީ ކުރުމަށް ޓަކައި ސުޢޫދީ ޢަރަބިއްޔާގައި ނިޔުކްލިއަރ  އިސްޓޭޝަނެއް ހަދައިދިނުމަކީ މެދުއިރުމަތީގެ  އެހެން ޤައުމުތައް އެކަމަށް ހިތްކިޔާނެ ކަމެކެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.