Support Us

ޖަމާޢަތް 20ގެ މެންބަރުކަން އެފްރިކާގެ އިއްތިޙާދަށް ދެނީ

އެފްރިކާގެ އިއްތިޙާދަށް ޖަމާޢަތް 20ގެ ދާއިމީ މެންބަރުކަން ދިނުމަށް މިއަދު އެއްބަސްވެއްޖެއެވެ.

ބްލޫމްބަރގް ނޫސް އޭޖެންސީ ބުނާގޮތުގައި މި ހަފުތާގައި އިންޑިއާގައި ބޭއްވޭ އެ ޖަމާޢަތުގެ ވެރިންގެ ސަމިޓުން މި ކަން އިޢުލާންކުރާނެއެވެ. 

ޖަމާޢަތް 20ގެ މެންބަރުކަން އެފްރިކާގެ އިއްތިޙާދަށް ލިބުމުން މި އިއްތިޙާދު ވެސް ވާނީ ޔޫރަޕްގެ އިއްތިޙާދުފަދަ ދާއިމީ މެންބަރަކަށެވެ. އެފްރިކާގެ އިއްތިޙާދުގައި 55 ދައުލަތް ހިމެނެއެވެ. 

މި މެންބަރުކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މަސްއަލަތަކުގައި އެފްރިކާއަށް ބަސްބުނުމުގެ ފުރްޞަތު ލިބިގެންދާނެއެވެ. އެފްރިކާ ކަންބޮޑުވާ މަސްއަލަތަކުގެތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ދަރަނިތައް އަދާކުރުމާބެހޭ މަސްއަލަތައް ވެއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރިންދްރާ މޯދީގެ މެހުމާންދާރީގައި ބޭއްވޭ މި ސަމިޓްގައި އެފްރިކާގެ އިއްތިޙާދު މި ޖަމާޢަތަށް ވެއްދުމުގެ މަސްއަލައަށް އޭނާ ވަރަށް އިސްކަންދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. 

އިޓަލީގެ ބޮޑު ވަޒީރު ޖޮރްޖިޔާ މިލޯނީއަކީ މި ޖަމާޢަތަށް އެފްރިކާގެ އިއްތިޙާދު ވެއްދުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. 

މި ދިޔަ މާރިޗު މަހު ޖަރްމަނުގެ މުސްތަޝާރު އޮލާފް ޝުލްޓްޒް އިތިޔޯޕިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެކަމަށް ޖަރްމަނުގެ ތާއީދު އޮތްކަން ހާމަކުރައްވައިފައެވެ.

މި ކަމަށް ތާއީދުކުރާ ޤައުމުތަކުގެ ތެރޭގައި ބްރެޒީލާއި ކެނެޑާ ވެސް ހިމެނެއެވެ. 

ޖަމާޢަތް 20ގައި ހިމެނެނީ 19 ޤައުމަކާއި ޔޫރަޕްގެ އިއްތިޙާދެވެ. މި ހަފުތާގައި ނިވްދިއްލީގައި ބޭއްވޭ ސަމިޓްގައި ބަންގްލަދޭޝާއި ސިންގަޕޫރާއި ނައިޖީރިޔާއާއި ސްޕޭނާއި އދ އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ދުނިޔޭގެ ބޭންކާއި ދުނިޔޭގެ ފައިސާ ފަންޑް ބައިވެރިވާނެއެވެ.

ޖަމާޢަތް 20 އަކީ ދުނިޔޭގައި އިޤްތިޞާދީ ރޮނގުން ކުރިއަރައިފައިވާ ޤަމުތަކާއި ހެދެމުން އަންނަ އިޤްތިޞަދުތައް ބައިވެރިވާ ނުރަސްމީ ޖަމާޢަތެކެވެ. ދުނިޔޭގެ ހަތަވިވަރުގެ 85% އާއި ދުނިޔޭގެ ވިޔަފާރީގެ 75% ތަމްސީލުކުރަނީ މި ޤައުމުތަކުންނެވެ. ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ ދެ ބައި ހިމެނެނީ މި ޖަމާޢަތުގައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *