Support Us

އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ޕޫޓިން އާއި ބިން ސަލްމާން މަޝްވަރާ ކުރައްވައިފި

ތަފާތު މައިދާންތަކުގައި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ރައީސް ޕޫޓިން ސުޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާ ފޯނުން މިއަދު ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވައިފިއެވެ.

ޚަބަރުފަތުރާ ރަޝީޔާގެ ވަސީލަތްތައް ބުނާގޮތުގައި ތެޔޮ އުފެއްދުން މަދުކުރުމާ ބެހޭ އޯޕެކް+ ގެ އެއްބަސްވުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރަށް ވަނީ ހަމަޖެހުން އައިސްފައެވެ.

ރޫސީ އިންޓަރފެކްސް ނޫސް އޭޖެންސީ ބުނާގޮތުގައި އޯޕެކް+ ގައި ސުޢޫދީ ރަޝިޔާ ވިލަރެސްކުރުމުގެ ނަތީޖާއާމެދު އެ ދެ ޒަޢީމުން ވެސް ވަރަށް ބޮޑަށް ތާރީފުކުރެއްވިއެވެ. އެ ދެ ޒަޢީމުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ބާޒާރަށް ހަމަޖެހުން އައިސްފައިވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރުމުގެ ސަބަބުންނެވެ. އޯޕެކް+ ޤައުމުތަކުން އެއްވެސް މަޖްބޫރުކަމެއްނެތި ތެޔޮ އުފެއްދުން ނޮވެންބަރު 2022ގައި މަދުކުރުމުން ތެލުގެ އަގު ވަނީ ބާޒާރުގައި މައްޗަށް ގޮސްފައެވެ.

ކްރެމްލިން ބުނާގޮތުގައި ބްރިކްސް ޖަމާޢަތަށް ވަނުމަށް ސުޢޫދީ ޢަރަބިއްޔާއަށް ދަޢުވަތު ދެއްވީތީ ސަޢޫދީ ވަލިއްޔު ޢަހްދު މުޙައްމަދު ބިން ސަލްމާން ރޫސީ ރައީސް ޕޫޓިނަށް ޝުކްރު އަދާކުރެއްވިއެވެ. ރައީސް ޕޫޓިންގެ ވާހަކަފުޅުގައި ރަޝިޔާގެ ޒަޢާމަތުގެ ދަށުގައި 2024 ގައި ބްރިކްސް ކުރިއަށްދާނެ ގޮތާބެހޭގޮތުން މޮސްކޯގެ ބައެއް ވިސްނުންތައް ޙިއްޞާކުރެއްވިއެވެ.

ދެ ޒަޢީމުން އެއްބަސްވެ ވަޑައިގެންނެވިގޮތުގައި ވިޔަފާރިއާއި އިޤްތިޞާދާއި ވުނަކުރުމާއި ލޮޖިސްޓިއްޔާތުގެ މައިދާނުގައި އެއްބާރުލުން އިތުރުކުރެވޭނެއެވެ.

މި ގުޅުންތައް ދެމެހެއްޓުމަށާއި މި ގުޅުންތައް ބަދަހިކުރުމަށް ޓަކައި ދެ ފަރާތުން ވެސް ގަދައަޅައި މަސައްކަތް ކުރުމަށް ދެ ޤައުމުން ވެސް އެއްބަސްވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *