Support Us

ޔުކްރޭންގެ ރައީސް ޒިލެންސްކީ އާއި ރަޝިޔާގެ ރައީސް ޕޫޓިން (ވ)

ޒިލެންސްކީ ޔުކްރޭންގެ ވެރިކަމަށް ހުޅަނގުން އިސްކުރުވީ ނާޒީން މާތްކުރުމުގައި މަތިޖެހުމަށް: ޕޫޓިން

ހުޅަނގުގެ ބާރުތަކުން ޔުކްރޭންގެ ވެރިކަމަށް ޒިލެންސްކީ އިސްކުރީ ނާޒީން މަތިވެރިކުރާ ކުރުމުގައި މަތިޖެހުމަށް ކަމަށް ރޫސީ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ.

"ހުޅަނގުގެ ބާރުތަކުން ޔުކްރޭންގެ ވެރިކަމަށް ޔަހޫދީ ނަސްލުގެ މީހަކު އިސްކުރީ އެމީހުންގެ ލާއިންސާނީ ޠަބީޢަތު ވަންހަނާ ކުރަންވެގެންނެވެ. ޔުކްރޭންގެ މިހާރުގެ ދައުލަތުގެ އަސާސަކީ މިއެވެ." ރޫސީ ޓީވީން ދުރަށް ދެއްކި ޕުރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވިއެވެ.  "އަސްލު ޔަހޫދީއަކު ނާޒީން މަތިވެރިކޮށް އެމީހުންނަށް ތާރީފުކުރުމެވެ. މިއީ ޙައިރާންކުރުވަނިވި ކަމެކެވެ. ނާޒީންނަކީ ޔުކްރޭންގައި ކުށެއް ނެތް ޔަހޫދީންތައް އެންދި މީހުންނެވެ. ދޮޅު މިލިޔަނެއްހާ ޔަހޫދީން އަންދައި ފަނާކޮށްލިއެވެ."

"ރަޝިޔާ މިއަދު" ޗެނެލްގައި ރައީސް ޕޫޓިން ވިދާޅުވިއެވެ. "ރަޝިޔާއާމެދު ނަފްރަތްތެރިކަން ފެތުރުމާއި އައު ނާޒިއްޔަތު ފެތުރުމަކީ ޔުކްރޭނާއި ބޯލްޓިކް ދައުލަތްތަކުގައި ފެތުރެމުންދާ ރޯގާއެކެވެ. ބައެއް މީހުންގެ ހަނދާނުން ޙަޤީޤަތް ފުހެވިގެން ހިނގައްޖެ ކަހަލައެވެ. ޔޫރަޕްގެ ތާރީޚު އޮޅުވައިލައިފިއެވެ."

ރަޝިޔާގެ ނަޞްރު ދުވަހުގެ އިޙްތިފާލަށް ތައްޔާރުކުރަމުންދާ ކޮމެޓީއާ ބައްދަލު ކުރައްވަމުން ރައީސް ޕޫޓިން ވިދާޅުވިއެވެ. "އައު މާނަތަކާއި ޒަމާނީ ގޮންޖެހުންތައް ސާފުކޮށް ދައްކާގޮތުގައި ނާޒީން ވަނީ 1945 ގައި ބަލިވެފައެވެ. އެހެނަސް ނަސީބު ދެރަކަމުން އެ ނާޒިއްޔަތު ވަނީ އެކަށް އެއްކޮށް ނައްތައިނުލެވިފައެވެ. އަލުން އެ ޙަރަކާތް ފަރުމާކުރެވިފައި މި ވަނީ ސާމިއްޔަތާ އިދިކޮޅު ޙަރަކާތަކަށް ވުމަށާއި ރަޝިޔާއާ ދެކޮޅަށް ނަފްރަތު ފެތުރުމަށެވެ. ނާޒީ މުޖްރިމުން މާތްކުރުމާއި ޔުކްރޭނާއި ބޯލްޓިކް ޤައުމުތަކުގައި ދިރެމުންދާ އައު ނާޒިއްޔަތަށް ތާރީފުކުރުމެވެ."

ރަޝިޔާއިން ތުހްމަތުކުރާ ގޮތުގައި ޔުކްރޭނުގެ އައު ނާޒީން ވަނީ  ޔުކްރޭނުގެ ރައްޔިތުންގެ ތެރެއިން ރަޝިޔާ ބަހުން ވާހަކަދައްކާ އެތައް މިލިއަން ބަޔަކު މަރައިފައެވެ.

ޕޫޓިން މި ހުސްވި ޖޫން މަހު ވިދާޅުވިގޮތުގައި "ޒިލެންސްކީ އަކީ ޔަހޫދީންނަށް އޮތް ބޮޑު މަލާމާތެކެވެ." ސޭން ޕީޓަރސްބަރގްގެ އިޤްތިޞާދީ މަންސާގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވިއެވެ. "ޔަހޫދީ އެތައް ރަޙްމަތްތެރީންނެއް މަށަށް ލިބިގެންވެއެވެ. އެމީހުން ބުނިގޮތުގައި ޒިލެންސްކީ އަކީ ޔަހޫދީއެއް ނޫނެވެ. މިއީ ސަމާސާ ވާހަކައެއް ނޫނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *