Support Us

ޒަބަރޯޖިޔާގެ ރޫސީ ދިފާޢުތައް ފޫއަޅުވައިލައިފިން: ޔުކްރޭން 

ޔުކްރޭންގެ އިރުމަތީ ސަރަޙައްދުގެ ޒަބަރޯޖިޔާ ސަރަޙައްދުގެ ރޫސީ ދިފާޢީ ފުރަތަމަ ރޮނގު ފޫއަޅުވައިލައިފި ކަމަށް ޔުކްރޭން ސިފައިން އިޢުލާންކޮށްފިއެވެ. 

ޔުކްރޭންގެ އިސްތިރާޖީ އޮޕަރޭޝަންތަކާ ބެހޭ ކޮމާންޑަރު އޮލަކްސަންޑަރު ޓަރންވުސްކީ ވިދާޅުވާ ގޮތުގައި ރޫސީ ސިފައިން މިހާރު ވަނީ އެމީހުންގެ ދިފާޢީ ދެވަނަ ރޮނގަށް ފަހަތަށް ޖެހެން ފަށައިފައެވެ. އޭނާ އިނގިރޭސިވިލާތުގެ ގާޑިޔަން ދުވަހު ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ރަޝިޔާއިން އިންދައިފައި ހުރި ބިން މައިންތަކާ މުޢާމަލާތު ކުރުމުގެ މަސައްކަތް ޔުކްރޭން ސިފައިން ފަށައިފިއެވެ. ޔުކްރޭންގެ ޙަމަލާތައް ކުރިއަށްދާލެއް ލަސްކަމަށް ފެންނަނީ މިހެންވެގެންނެވެ. އޭނާ އެއްބަސްވެވަޑައިގެންނެވި ގޮތުގައި މި ދިޔަ ޖޫންމަހު ޔުކްރޭނުން ފެށި އިދިކޮޅު ޙަމަލާގައި ޔުކްރޭނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނުން 1991 ވަނަ އަހަރުގެ ސަރަޙައްދާ ހަމައަށް ދާން ބޭނުންވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހަނގުރާމަ ހުއްޓައިލައިފިނަމަ ރޫސީ ސިފައިންނަށް އެމީހުންގެ ބާރުތައް އަލުން ވަރުގަދަ ކުރުމަށް ފުރްޞަތު ލިބޭނެއެވެ. 

އަނެއްކޮޅުން ރަޝިޔާ ސިފައިންގެ ޑްނިޕްރޯ ފައުޖު ބުނާގޮތުގައި ޒަބަރޯޖިޔާގައި މީހުން އުޅޭ ހިސާބުތަކަށް ޔުކްރޭނުން ދެމުން ދިޔަ ޙަމަލާތަކުން ހަތަރު ޙަމަލާއެއް ވަނީ ދިފާޢުކޮށް މަތަކޮށް ފަހަތަށް ޖައްސައިފައެވެ. މި ފައުޖުގެ ތަރްޖަމާނު ހާމަކުރިގޮތުގައި ރޫސީ ސިފައިން ވަނީ ޔުކްރޭންގެ 100 ސިފައިން މަރައިލައި ޑްރޯން ހަރެއް ހަލާކުކޮށްލައި އެމިޔުނިޝަން ގުދަނެއް ގޮއްވައިލައި،  އާޓިލަރީ އުޅަނދުތަކެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައިފައެވެ. 

ވޮޝިންގްޓަނުން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިސްތިރާޖީ ވިލަރެސްވެރިޔާ ބުނާގޮތުގައި ވޭތުވެދިޔަ ތިން ދުވަހު ޔުކްރޭން ސިފައިން ވަނީ ކުރިއެރުމެއް ހޯދައިފައެވެ. އެހެނަސް ރަޝިޔާއިން މި ކުރިއެރުމަށް ވަރުގަދަ ރައްދެއް ދޭނެކަމަށް ލަފާކުރެވެއެވެ. 

ހަނގުރާމައިގެ ދެކުނު ސަރަޙައްދަށް ބަލާއިރު ދެކުނު ސަރަޙައްދުގެ ކޮމާންޑިން އިދާރާ ބުނާގޮތުގައި ރަޝިޔާއިން އެ ސަރަޙައްދަށް ދިން 25 ޑްރޯން ޙަމަލާގެތެރެއިން 22 ޑްރޯން ވަނީ ވައްޓައިލެވިފައެވެ. މި ޙަމަލާއަކީ އޮޑިއްސާގެ ބަނދަރު ސަރަޙައްދުގެ ބިނާރުތަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާއެކެވެ.މި ޙަމަލާ ތިން ގަޑިއިރާއި ބައިގަޑިއިރަށް ދެމިގެން ދިޔަކަމަށް ޔުކްރޭނުން ބުންޏެވެ. ރަޝިޔާއިން ކަށަވަރުކޮށްދިން ގޮތުގައި މި ޙަމަލާގެ އަމާޒުތަކަކީ މަދަނީ ޞިނާޢީ ތަންތަނާއި ބަނދަރުގެ ގުދަންތަކާއި އުޅަނދުތަކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *