...

Support Us

ގެބޯންގެ ޢަސްކަރީ ސަރުކާރުން ސަރަޙައްދުތައް ހުޅުވައިފި

ގެބޯންގެ ޢަސްކަރީ ސަރުކާރުން އެ ޤައުމުގެ ސަރަޙައްދު މިއަދު އަލުން ހުޅުވައިފިއެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި އަސްކަރީ އިންގިލާބަށްދަހު ވެރިރަށް ލިބަރވޭލްގެ މަގުތައް އާދައިގެ ގޮތަށް ބަދަލުވެ އޮތީ ހަމަހިމޭންވެފައެވެ. ގެބޯންގެ އިންޤިލާބީ ޒަޢީމު ކަށަވެތިވެ ވަޑައިގެންނެވި ގޮތުގައި "ބޭރުގެ ފައުޖުތަކުން" ޤައުމު މިނިވަން ކުރުމަށް ޓަކައި ކުރިއަށްވުރެ ދީމުޤްރާޠީކަން ބޮޑު މުއައްސަސާތަކެއް ޤާއިމުކުރެވޭނެއެވެ. 

ޖަޒީރާ ބުނާގޮތުގައި ލިބަރވީލް މަޑުމަޑުން ދަނީ ޢާންމު ޙަޔާތަށް ބަދަލުވަމުންނެވެ. މަގުމަތިން މިހާރު ސިފައިންނެއް ނުފެނެއެވެ. އެހެނަސް ސަލާމަތީ ބާރުތައް ދަނީ ނޒާމާއި ޤާނޫނު ދެމެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އޮފީސްތައް މިހާރު ހުޅުވި ޢާންމު ޚިދްމަތްތައް ދޭން ވަނީ ފަށައިފައެވެ.

ގެބޯންގައި ސިފައިން ވެރިކަމަށް އިސްވީ މި ދިޔަ ބުދަ ދުވަހުއެވެ. ސިފައިން ބުނާގޮތުގައި ވެރިކަމަށް އަންނަން ޖެހުނީ އެ ޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި މަކަރުހަދައި އޮޅުވައިލައިފާ ވާތީއެވެ. މި އިންތިޚާބު ކާމިޔާބު ކުރައްވައިފައި ވަނީ ޢަޒްލުކޮށްފައިވާ ރައީސް ޢަލީ ބޮންގޯއެވެ. އޭނާ ވެރިކަމަށް އިސްވެވަޑައިގަތީ އޭނާގެ ބައްޕާފުޅު 2009 ގައި އަވަހާރަވުމުންނެވެ. ބައްޕާފުޅު ޢުމަރު ބޮންގޯ ވެރިކަމަށް އިސްވެ ވަޑައިގަތީ 1967ވަނަ އަހަރުއެވެ.

ރައީސް ބޮންގޯ މިހާރު ހުންނެވީ ގޭގައި ބަންދުކޮށްފައެވެ. އޭނާގެ އަނބިކަނބަލުން ވެސް އިންނެވީ ގޭގައި ބަންދުކޮށްފައެވެ. އޭނާގެ ޤާނޫނީ ވަކީލުން ބުނާގޮތުގައި ރައީސްގެ އަނބިކަނބަލުން އިންނެވީ ބޭރު ދުނިޔެއާ އެއްވެސް ގުޅުމެއް ނުހިންގޭ ފަދަ ގޮތަކަށެވެ. 

އިންޤިލާބީ އިސްވާރުން ވަނީ ރައީސް ބޮންގޯގެ ދަރިކަލެއް ކަމުގައިވާ ޢަލީ ނޫރުއްދީން ބޮންގޯ ވެލަންޓައިން އާއި ސަރުކާރުގެ ބައެއް ވަޒީރުން ހައްޔަރުކުރުމަށް އަމުރު ނެރެފައެވެ. އެއީ ސަރުކާރުގެ ފައިސާއަށް ޚިޔާނަތްތެރިވުމާއި މަސްތުވާތަކެތީގެ ވަގުވިޔަފާރީ ކުރުމުގެ ތުހްމަތުގައެވެ. 

ސަރުކާރު ޓީވީ (ގެބޯން 24) ބުނާގޮތުގައި ސަރުކާރުގެ ކުރީގެ ބައެއް މަސްއޫލުވެރީންގެ ގެކޮޅުން ވަނީ ބޭރު ފައިސާގެ ގޯނިތަކެއް ފެނިފައެވެ. ޢަސްކަރީ ވެރީން މިހާރު ވަނީ މި ފައިސާތައް ސަރުކާރަށް ނަންގަވައިފައެވެ. 

އިންތިޤާލީ މަރްޙަލާގެ ރައީސް ބްރިސް އޮލިގޭ އެންގީމާ މިއަދު  ހާމަކުރެއްވިގޮތުގައި ދައުލަތުގެ މުއައްސަސާތައް އުވާލުމަކީ ވަގުތީ ކަމެކެވެ. މި ކަމުގެ ބޭނުމަކީ ކުރިއަށްވުރެ މާ ދީމުޤްރާޠީކޮށް އެ މުއައްސަސާތައް އިންތިޒާމުކޮށް ޤާއިމުކުރުމެވެ. އޭނާގެ ބަޔާނުގައި އިންތިޤާލީ މަރްޙަލާގެ މުއްދަތެއް ވިދާޅެއް ނުވެއެވެ. އޭނާ މި އަންނަ ހޯމަ ދުވަހު ގެބޯންގެ ރައީސްކަމުގެ ހުވާކުރައްވާނެއެވެ. އެންގީމާ ވިދާޅުވި ގޮތުގައި ގެބޯންގައި ރައްޔިތުންގެ އެދުންތަކަށް އިޖާބަދޭ އައު ޤާނޫނު އަސާސީއެއް އެކުލަވައިލެވޭނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.