Support Us

ތައިލެންޑްގެ އައު ކެބިނެޓް ރަސްގެފާނު ތަޞްދީޤު ކުރައްވައިފި

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތެކްސިން ޝިނަވަޓްރާގެ ފެއު ޕާޓީގެ ސްރިއްޓާ ތަވިސަންގެ އައު ކެބިނެޓް ތައިލެންޑްގެ ރަސްފާނު ރަސްމީކޮށް ތަޞްދީޤު ކުރައްވައިފިއެވެ.

ތައިލެންޑްގައި އައު ކެބިނެޓެއް މި އެކުލަވައިލީ ޢާންމު އިންތިޚާބު ބޭއްވިތާ ތިން މަސް ފަހުންނެވެ. 

ސްރިއްޓާ ތަމްސީލު ކުރައްވަނީ ފެއު ތައި ޕާޓީއެވެ. އޭނާ  ބޮޑުވަޒީރުކަމުގެ އިތުރަށް މާލީ ވަޒީރުކަމުގެ މަޤާމު ވެސް އަދާކުރައްވާނެއެވެ.

ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންކޮރން ތައިލެންޑްގެ އައު ސަރުކާރު ރަސްމީކޮށް ތަޞްދިޤު ކުރެއްވީ އިއްޔެއެވެ. ތައިލެންޑްގައި އައު ސަރުކާރެއް އެކުލަވައިލުން ލަސްވެގެން ދިޔައީ ކޯލިޝަން ޕާޓީތަކުގެ މެދުގައި އެއްބަސްވުން ހެދުމުގައި ކުރިމަތިވި މަސްއަލަތަކާ ހެދިއެވެ. މި އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ. އެންމެ ގިނަ ވޯޓު ލިބިފައިވަނީ މޫވް ޕާޓީއަށެވެ. އެހެނަސް މި ޕާޓީއާ ގުޅިގެން ކޯލިޝަނެއް ހަދަން ބޭނުންވާ ޕާޓީއެއް ނެތުމުން ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް ޙަވާލު ކުރެވުނީ ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބުނު ކުރީގެ ބޮޑުވަޒިރު ތެކްސިން ޝިނަވަޓްރާގެ ފެއު ޕާޓީއަށެވެ.

 ތައިލެންޑަށް 2006ގައި ގެނައި ޢަސްކަރީ އިންޤިލާބާ ވިދިގެން އޭނާ ވަނީ ފިއްލައިވައިގެން ޤައުމުން ބޭރަށްވަޑައިގެންފައެވެ. އޭނާގެ މައްޗަށް ވަނީ އަށް އަހަރުގެ ޖަލު ޙުކްމެއް އިއްވައިފައެވެ. އޭނާ ޤައުމަށް އެނބުރިވަޑައިގަތީ ހުސްވި އޮގަސްޓް މަހުގެ 22 ގައެވެ. އޭނާގެ މައްޗަށް އިއްވައިފައިވާ އަށް އަހަރުގެ ޖަލު ޙުކުން ރަސްގެފާނު އިއްޔެ ވަނީ އެއް އަހަރަށް ލުއިކޮށް ދެއްވައިފައެވެ. 

އައު ކޯލިޝަން ސަރުކާރުގައި ޚާރިޖީ ވަޒީރުކަމާއި ވިޔަފާރިއާ ބެހޭ ވަޒީރުކަން ދީފައި ވަނީ ފެއު ޕާޓީގެ މެންބަރުންނަށެވެ.   

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *