...

Support Us

ޔުކްރޭނުގެ އިދިކޮޅު ޙަމަލާއާ ދެކޮޅަށް ފާޑުކިޔާ މީހުން ހަނު ތިބުމަށް ގޮވައިލައިފި

ޔުކްރޭނުން މީގެ ތިން މަސް ކުރިން ރަޝިޔާއާ ދެކޮޅަށް ފަށައިފައިވާ އިދިކޮޅު ޙަމަލާތައް ކުރިއަށްދާ ގޮތާ ދެކޮޅަށް ފާޑުކިޔާ ހުޅަނގުގެ ފަރާތްތައް ހަނު އޮތުމަށް ކިޔީވުން ރޭ ގޮވައިލައިފިއެވެ. ޔުކްރޭންގެ ބާރުތައް ކުރިއަރަމުންދާލެއް ލަސްކަމުން ހުޅަނގުގެ ބައެއް މަސްއޫލުވެރީން ވަނީ ނާއުންމީދުވެވަޑައިގަންނަވައިފާ ކަމަށް ވިދާޅުވެފައެވެ.

ހުޅަނގުން ޔުކްރޭނަށް އެތައް ބިލިއަން ޑޮލަރެއްގެ ޒަމާނީ މޮޅު ހަތިޔާރުތައް ދީފައިވާއިރުގައި ވެސް ޔުކްރޭން ސިފައިންނަށް ހަނގުރާމައިގެ މައިދާނުގައި ކުރިއެރުން ނުހޯދޭތީ ހުޅަނގުން ދަނީ ކިޔޭވާ ދެކޮޅަށް ފާޑުކިޔަމުންނެވެ. ރަޝޔާގެ ދިފާޢުތައް ވަނީ ފޫއަޅުވައިނުލެވިފައެވެ.

އެމެރިކާގެ ނިވްޔޯރކް ޓައިމްޒާއި ވޯޝިންގްޓަން ޕޯސްޓާއި ޚަބަރާ ބެހޭ އެތައް މުއައްސަސާތަކެއް އެމެރިކާއާއި ހުޅަނގުގެ މަސްއޫލުވެރީންނާ ޙަވާލާދީ މި ދިޔަ ހަފުތާގައި ބުނިގޮތުގައި ޔުކްރޭންގެ ޙަމަލާތައް ލަފާކުރި ފެންވަރަށް ތަރައްޤީވެފައެއް ނުވެއެވެ. ބައެއް ބޭފުޅުން ވަނީ ކިޔީވްގެ އިސްތިރާޖީއާ ދެކޮޅަށް ފާޑުވިދާޅުވެފައެވެ. އެބޭފުޅުން ތުހްމަތުކުރެއްވި ގޮތުގައި ޔުކްރޭން ސިފައިންގެ އަމާޒު ރަނގަޅެއްނޫނެވެ.

ޔުކްރޭނުގެ އިދިކޮޅު ޙަމަލާއާ ބެހޭ ގޮތުން ރަޝިޔާ ބުނާގޮތުގައި އެއީ ނާކާމިޔާބު ޙަމަލާއެކެވެ. ޔުކްރޭންގެ ޢަސްކަރީ އިސްވާރުން ވިދާޅުވާގޮތުގައި ޔުކްރޭން ސިފައިން މަޑުމަޑުން ކުރިއަށް މި އަރަނީ ހަމަ ގަސްތުގައެވެ. އެއީ ގެއްލުންތައް ކުޑަކުރުމަށާއި ރޫސީ ދިފާޢީ ބާރުތައް ދެރަކޮށް ނައްތައިލުމަށް ޓަކައެވެ. އަދި އެއީ ރޫސީ ސިފައިންނަށް ފޮނުވޭ މަދަދުތައް ހުއްޓުވުމަށް ޓަކައެވެ.

ޔުކްރޭންގެ ޚާރިޖީ ވަޒީރު ކޮލީބާ ރޭ ނޫސްވެރީންނަށް ވިދާޅުވިގޮތުގައި "އަހުރެމެންގެ ސިފައިން ކުރިއަރަމުންދާލެއް ލަސްވެގެން އެކަމާ ދެކޮޅަށް ފާޑުކިޔުމަކީ ޔުކްރޭން ސިފައިންގެ މޫނަށް ކުޅުޖެހުންފަދަ ކަމެކެވެ."

ބިލަރޫސް ސަރަޙައްދު

މީގެއިތުރަށް ޔުކްރޭންގެ ގުޅިފައިވާ ބާރުތަކުގެ އިސްވާރު ވިދާޅުވާގޮތުގައި ބިލަރޫސް ސަރަޙައްދީ ރޮނގުގައި ޔުކްރޭން ސިފައިން ތިބީ ތައްޔާރީ ޙާލަތުގައެވެ. އޭނާ ވިދާޅުވިގޮތުގައި ކޮންމެ ޙަމަލާއަކަށް ރައްދު ދިނުމަށް ޔުކްރޭނުގެ ޢަސްކަރީ ތަފާތު ބާރުތަކުގެ އިސްވާރުންނަށް މިހާރު ވާނީ އޯޑަރުދެވިފައެވެ.

އަނެއްކޮޅުން ޕޮލެންޑްގެ ދާޚީލީ ވަޒީރު އިންޒާރުކުރެއްވިގޮތުގައި ސަރަހައްދީ ރޮނގުގައި ޖެއްސުންކުރުމުގެ އެއްވެސް ޢަމަލެއް ހިންގައިފިނަމަ ވަގުތުން ބިލަރޫސް އެކަހެރިކުރުމަށް ޓަކައި ހުރިހާ މަގުތަކެއް ބަންދު ކުރެވޭނެއެވެ. ޕޯލެންޑްގެ ވަޒީރު ވިދާޅުވިގޮތުގައި ޖަމާޢީ އަމްނާބެހޭ މުޢާހަދާގައި ބައިވެރިވާ ހުރިހާ ޤައުމުތަކަކުން މި ކަމުގައި ބައިވެރިވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.