...

Support Us

އިންގިލާބެއް ގެނެސް ގެބޯންގެ ސިފައިން ވެރިކަމަށް އިސްވެއްޖެ

ހުޅަނގު އެފްރިކާގެ ގެބޯންގައި ސިފައިން އެ ޤައުމުގެ ވެރިކަމަށް މިއަދު އިސްވެއްޖެއެވެ. ގެބޯންގެ ޓީވީ ބުނިގޮތުގައި ޢަސްކަރީ މި އިންޤިލާބުގައި އެ ޤައުމުގެ ޢަސްކަރިއްޔާގެ ހުރިހާ ބާރުތަކެއް ހިމެނެއެވެ.

ސިފައިން ބުނާގޮތުގައި ޤައުމުގެ ވެރިކަމަށް ޢަސްކަރިއްޔާއިން އިސްވާން ޖެހުނީ އެ ޤައުމުގައި ބޭއްވުނު އިންތިޚަބުގައި "މަކަރާއި ޙީލަތް ހަދައިފައިވާތީ" އެވެ. ގެބޯންގެ ސަލާމަތީ ބާރުތަކާއި ދިފާޢީ ބާރުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ އިންޤިލާބުގެ ތަރްޖަމާނު ވިދާޅުވާގޮތު ގައި އެ ޤައުމުގެ ސަރަޙައްދުތައް ވަނީ ބަންދުކޮށްފައެވެ. އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ވަނީ އުވައިލެވިފައެވެ. ސިފައިން މިއަދު ހެދުނު މި އިންޤިލާބު ގެނައީ އެ ޤައުމުގެ ރިޔާސީ އިންތިޚާބު ތިންވަނަ ފަހަރަށް ރައީސް ޢަލީ ބަންގޯ  ކާމިޔާބު ކުރައްވައިފިކަން އިޢުލާންކުރިތާ އިރުކޮޅެއް ފަހުންނެވެ. 

އިންޤިލާބީ ޒަޢީމުން އިންޤިލާބާ ބެހޭ ބަޔާން ދެއްވީ މިއަދު ހެދުނު ޓީވީއަށް ވަޑައިގެންނެވެ. މި ބަޔާން ބުންޏެވެ. "އަޅުގަނޑުމެން ވެރިކަން މި ބަދަލުކުރީ ގެބޯންގެ ރައްޔިތުންނަށް ޓަކައެވެ. ޤައުމުގެ އަމާންކަމާއި ސަލާމަތް ދެމެހެއްޓުމަށް ޓަކައެވެ."

ޤައުމުގެ ރައީސް

ގެބޯންގެ ރައީސް ޢަލީ ބޮންގޯ އެ ޤައުމުގެ ވެރިކަމަށް އިސްވެވަޑައިގަތީ 2009ވަނަ އަހަރުއެވެ. އިންތިޚާބާ ބެހޭ ކަމިޝަނުން މިއަދު ބުނިގޮތުގައި ރިޔާސީ އިންތިޚާބުގައި ރައީސް ބޮންގޯއަށް 64.27% ވޯޓު ލިބުވަޑައިގެންފައި ވެއެވެ. އިދިކޮޅު ކެންޑިޑޭޓް އަލްބަރޓް އުވަންޑޯ އޯސާއަށް ލިބިވަޑައިގަތީ 30.77% ވޯޓެވެ. މިހާރުގެ ރައީސް ޢަލީ ބޮންގޯ ވެރިކަމަށް ވަޑައިގަތީ 2009 ގައި އޭނާގެ ބައްޕާފުޅު ޢުމަރު ބޮންގޯ އަވަހާރަވުމުންނެވެ. 

އިދިކޮޅުން ތުހްމަތު ކުރާ ގޮތުގައި ރައީސް ބޮންގާ ވަނީ އިންތިޚާބުގައި މަކަރު ހައްދަވައިފައެވެ. އެހެނަސް އޭނާ އެކަމާ ދެކޮޅު ހައްދަވައެވެ.އިދިކޮޅު ޕާޓީތައް ބުނާގޮތުގައި ވޯޓުލުމުގެ ވަގުތު ހަމަވި ފަހުން ވެސް ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ވޯޓުލާ ބައެއް މަރްކަޒުތަކުތަކުގައި ވޯޓު ކަރުދާސް ފުދޭވަރަށް ނެތްކަމަށް ވެސް ތުހްމަތު ކުރެއެވެ. އެހެނަސް ރޮއެޓަރޒް ބުނާގޮތުގައި މި ތުހްމަތުތައް މުސްތަޤިއްލު ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި އިންތިޚާބު މުރާޤާބާކުރުމުގެ ހުއްދަ ޔޫރަޕްގެ އިއްތިޙާދަށް ދީފައެއް ނުވެއެވެ. އިންފާރުނެތް ރިޕޯޓަރުން ބުނާގޮތުގައި މި އިންތިޚާބު ބޭއްވިފައިވަނީ މާހަރާއެއް ނެތިއެވެ.

ގެބޯންގައި ގެނެވުނު އިންޤިލަބަށް ތާއީދުކޮށް މިއަދު ގެބޯންގެ ވެރިރަށުގައި މުޒާހަރާތައް ވަނީ ބޭއްވިފައެވެ. އެމީހުން ރައީސް ބޮންގޯގެ ފޮޓޯފުޅުތައް ވީދައި އޭއްޗެހިތައް ހަޑި ކުރިއެވެ. 

ފަރަންސޭސިވިލާތާއި ޔޫރަޕްގެ އިއްތިޙާދުން ވަނީ މި އިންޤިލާބު ކުށްވެރިކޮށް އެކާމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.