Support Us

އެމެރިކާގެ ވިޔަފާރިއާބެހޭ ވަޒީރާ ޗައިނާއަށް

އެމެރިކާގެ ވިޔަފާރިއާ ބެހޭ ވަޒީރާ ޖީނާ ރިމޮންޑޯ އިއްޔެ ޗައިނާއަށް ވަޑައިގަންނަވައިފިއެވެ.

މިއަދު އޭނާ ރަސްމީ ބައްދަލުވުންތައް ފަށްޓަވާނެ ކަމަށް އެމެރިކާއިން ބުނެއެވެ. ބުދަދުވަހާ ހަމައަށް ދިގުދެމިގެންދާ މި ދަތުރުފުޅުގެ އަމާޒަކީ  ވިޔަފާރީގެ މައިދާނުގައި އުފެދިފައިވާ ޗައިނާ-އެމެރިކާ ގުޅުންތައް ނުތަނަވަސްކަމުން ބޭރަށް ލުމެވެ.

އެމެރިކާއިން އުންމީދުކުރާ ގޮތުގައި މި ދަތުރުފުޅުގެ ސަބަބުން އެ ދެ ޤައުމުގެ ރައީސުންގެ ސަމިޓެއް ބޭއްވުމަށް މަގުފަހިވެދާނެއެވެ.

އެމެރިކާގެ ވަޒީރާއަށް ބޭޖިންގްގެ ވައިގެ ބަދަރުން މަރްޙަބާ ދެންނެވީ ޗައިނާގެ ވިޔަފާރިއާބެހޭ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލް ލިން ވެންގެވެ.

އެމެރިކާގެ ވިޔަފާރިއާ ބެހޭ ވުޒާރާ ބުނާގޮތުގައި ޗައިނާއާއި އެމެރިކާއާ ދެމެދުގައި ހުރި ވިޔަފާރީއާ ބެހޭ މަސްއަލަތަކާމެދު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވޭނެ ކަމަށް ވަޒީރާ ރިމޮންޑޯ އުންމީދު ކުރައްވައެވެ. އަދި ވިޔަފާރީގެ މައިދާނުގައި އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ވެސް ލަފާކުރައްވައެވެ. ވިޔަފާރީގެ ދާއިރާގައި އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކާމެދު ޗައިނާ ހިތްހަމައެއް ނުޖެހެއެވެ.އެމެރިކާ ބުނާގޮތުގައި އެއީ އެމެރިކާގެ ޤައުމީ ސަލާމަތަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތަކެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *