Support Us

ކަރަންޓް ދަގަތްފާނު ބަޑިއެއް ޗައިނާއިން އީޖާދުކޮށްފި

 ކަރަންޓް ދަގަތްފާނު ބާރުން މަސައްކަތްކުރާ ބަޑިއެއް ޗައިނާގެ ކަނޑުގެ ސިފައިން މިއަދު ތަޖްރިބާކޮށްފިއެވެ.

ސައުތު ޗައިނާ މޯނިންގް ޕޯސްޓް ދުވަހު ނޫސް ބުނާގޮތުގައި މިއީ ވަރަށް ބަރު އުންޑަތައް އާދަޔާ ޚިލާފު ބާރުމިނެއްގައި އަމާޒަށް ބަރާބަރުކޮށް ފޮނުވައިދޭ ބަޑިއެކެވެ. މިހާ ބާރަށް ވަޒަން ފޮނުވައިދޭ ބަޑިއެއް އަދި މިހާތަނަށް އުފެއްދިފައެއް ނުވެއެވެ.

އެ ނޫސް ބުނާގޮތުގައި މި ބަޑިން 124 ކީލޯގްރާމުގެ ވަޒަނެއް ގަޑިއަކު 700 ކީލޯމީޓަރުގެ ބާރުމިނުގައި ފޮނުވައިލައެވެ. އެހެންކަމުން މިއީ އިންސާނީ ތާރީޚުގައި އުފެއްދި އެންމެ ބާރަށް ވަޒަން ފޮނުވައިލާ ބަޑިއެވެ. މި ނޫސް ބުނާގޮތުގައި 124 ކީލޯގެ ބަރުދަން ހުރި އުންޑައެއް ގަޑިއަކު 435 މޭލު ބާރު މިނުގައި ފޮނުވައިލީ ހަ ކަނުގެ އިސްފިރޭނު ހަރަކުންނެވެ.

މި ބަޑިއާ އެންމެ ކައިރިން ވެސް ވާދަކުރެވޭ ބަޑިއަކަށް އޮތީ  އެމެރިކާގައި ހަދައިފައިވާ 120 މިލިމީޓަރުގެ ކަރަންޓް ދަގަތްފާނު ހާވަން ބަޑިއެވެ. މިއިން ފޮނުވާލެވޭ އުންޑައިގެ ބަރުދަނަކީ 18 ކީލޯ އެވެ. 

ޗައިނާގައި މި އުފެއްދި ބަޑީގެ ސަބަބުން ހަނގުރާމަ ކުރެވޭ ގޮތަށް ބޮޑު އިންޤިލާބެއް އަންނާނެއެވެ. ދުޝްމަނުންގެ އަމާޒުތަކަށް މާ ބާރަށް މާ އަވަހަށް މާ އަމާޒުކޮށް ޙަމަލާތައް ދެވޭނެތީއެވެ. 

މި ބަޑި ބޭނުންކޮށްގެން މިސައިލްތަކާއި ހެދި ހަނދުތައް ހަވާއަށް އެރުވޭނެއެވެ. 

ޗައިނާއިން މިއަދު އަޖުމަބެލި ހަތިޔާރު ޢަމަލީ މައިދާނަށް ނެރެވޭނެ ދުވަހެއް އަދިއެއް ނޭނގެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *