Support Us

ނައިޖަރުގައި ތިއްބެވި ތިން ސަފީރަކަށް 48 ގަޑިއިރުގެ މުހްލަތެއް

ނައިޖަރުގައި ތިއްބެވި ފަރަންސޭސިވިލާތާއި ޖަރްމަނުގެ ސަފީރުން އެ ޤައުމުން ބޭރަށް ވަޑައިގަތުމަށް 48 ގަޑިއިރުގެ މުހްލަތެއް ދީފި ކަމަށް ނައިޖަރުގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ނައިޖަރުގައި ވެރިކަން ކުރާ ޢަސްކަރީ މަޖިލީހުން ޢައްޔަންކޮށްފައިވާ ސަރުކާރުގެ މި ވުޒާރާ ބުނާގޮތުގައި ފަރަންސޭސި ސަފީރު އެ ޤައުމުން ފައްސައިލުމަށް ނިންމީ ފަރަންސޭސި ސަރުކާރުން ނައިޖަރާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީ "ނައިޖަރުގެ  މަޞްލަޙަތުތަކާ އަރާރުންވާ ޢަމަލުތަކަކަށް ވާތީއެވެ." އޭގެތެރޭގައި ފަރަންސޭސި ސަފީރު ނައިޖަރުގެ އައު ޚާރިޖީވަޒީރާ ބައްދަލު ކުރެއްވުމާ ދެކޮޅު ހެއްދެވުން ވެއެވެ.

ނައިޖަރުގެ މި އެންގުމާ ދެކޮޅަށް ޕެރިހުން ކޮމެންޓް ކުރަމުން ބުނިގޮތުގައި ނައިޖަރުގެ އިންޤިލާބީ ވެރިންނަށް "ފަރަންސޭސި ސަފީރަށް އެ ޤައުމުން ބޭރަށް ވަޑައިގަތުމަށް އަމުރު ކުރުމުގެ ބާރު ލިބިގެން ނުވެއެވެ."

ނައިޖަރުގައި ގެނައި އިންޤިލާބަކީ ޕެރިސް ޤަބޫލުކުރާ ސަރުކާރެއްނޫނެވެ. ނައިޖަރުގެ ޢަސްކަރީ ސަރުކާރުން ވަނީ ފަރަންސޭސިވިލާތާއެކު ކޮށްފައިވާ ޢަސްކަރީ އެއްބަސްވުން އުވައިލައިފައެވެ. އެހެނަސް ފަރަންސޭސިވިލާތުން ބުނާގޮތުގައި މި އެއްބަސްވުމަކީ ނައިޖަރުގެ ޤާނޫނީ ސަރުކާރާއެކު އެއްބަސްވެފައިވާ އެއްބަސްވުމެކެވެ.

މީގެ އިތުރަށް ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ނައިޖަރުން ވަނީ އެމެރިކާގެ ސަފީރާއަށް ވެސް ނައިޖަރުން ބޭރަށް ވަޑައިގަތުމަށް 48 ގަޑިއިރުގެ މުހްލަތެއް އަރުވައިފައެވެ. އޭނާ ނައިޖަރަށް ސަފީރުކަމައިގެން ވަޑައިގަތީ މި މަހު ކުރީކޮޅުގައެވެ.

އަނެއްކޮޅުން ބަލާއިރު ހުޅަނގު އެފްރިކާގެ އިޤްތިޞާދީ ޖަމާޢަތް އެކޮވަސް އިން އިއްޔެ ވެސް ބުނިގޮތުގައި ނައިޖަރުން އިޢުލާންކޮށްފައިވާ ތިން އަހަރު ދުވަހުގެ އިންތިޤާލީ ފިޔަވަހި ބަލައެއް ނުގަނެވޭނެއެވެ. އެކޮވަސް ބުނާގޮތުގައި ނައިޖަރާ ދެކޮޅަށް ބާރުގެ ބޭނުންކުރުމާ ބެހޭ އެއްވެސް ރޭވުމެއް ނެތެވެ. "ނައިޖަރުގެ ދުސްތޫރީ ސަރުކާރު އިޢާދަކުރުމަށް ހުރިހާ ވަސީލަތްތަކަކުން މަސައްކަތް ކުރެވޭނެއެވެ."

އެކޮވްސް އިން އިންޒާރުކުރާ ގޮތުގައި ޑިޕްލޮމެޓިކް ވަސީލަތްތައް ނާކާމިޔާބުވެއްޖެނަމަ ޢަސްކަރީ ފިޔަވަޅު އެޅުމަށް އޮތީ ތައްޔާރަށެވެ.

އެއްބަސްވެއްޖެ

އަނެއްކޮޅުން ނައިޖަރާއި މާލީއާއި ބުރުކީނާފާސޯ އިން ނެރުނު ގުޅިފައިވާ ބަޔާނެއް ބުނާގޮތުގައި ނައިޖަރަށް ޙަމަލާއެއް ދީފިނަމަ ނައިޖަރަށް ވަނުމުގެ ހުއްދަ މިހާރު ވަނީ މާލީއަށާއި ބުރްކީނާ ފާސޯ އަށް ދީފައެވެ.

މި ތިން ޤައުމުގެ ޚާރިޖީ ވަޒީރުން ނައިޖަރުގެ ވެރިރަށް ނިޔާމީގައި ބުރާސްފަތި ދުވަހު ވަނީ ބައްދަލުކުރައްވައިފައެވެ. މި ބޭފުޅުން މަޝްވަރާކުރައްވައިފައިވަނީ ސަލާމަތީ މައިދާނުގައި އެއްބާރުލުން ވަރުގަދަކުރުމާ ބެހޭގޮތުންނެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *