Support Us

ޗައިނާގެ މަޢުރަޟެއްގައި 72 ބިލިއަން ޑޮލަރުގެ ވިޔަފާރި ޑީލްތައް  

ޗައިނާގެ ހުޅަނގު އުތުރު ސަރަޙައްދެއް ކަމުގައިވާ ޝިންޖްޔަންގް ސަރަޙައްދުގައި ޗައިނާއިން ބޭއްވި ވިޔަފާރިގެ މަޢުރަޟެއްގައި ވުނަކުރުމާއި ވިޔަފާރީގެ 360 ޑީލް ހަދައިފައިވާ ކަމަށް ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޝިންޚުވާއިން ބުނެފިއެވެ.

މި ސަރަޙައްދުގެ ވިޔަފާރިއާ ބެހޭ އިދާރާގެ ޑިރެކްޓަރު ޝިންގް ޓައޮ ވިދާޅުވި ގޮތުގައި މި ޑީލްތަކުގެ އަގު 521 ބިލިޔަން ޔުވާން (ގާތްގަނޑަކަށް 72.4 ބިލިއަން ޑޮލަރު) އަށް ވުރެ އިތުރުވާނެއެވެ.

މި މަޢުރަޟުގައި 1،300 ކުންފުނި ބައިވެރިވިއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް 4،600 ކުންފުނި ބައިވެރިވިއެވެ. މި މަޢުރަޟުގައި ގޮވާމާއި ތެލާއި ކަފައާއި ފޮއްޗާއި ފޭރާމާއި މަޢުދަނީ ސާމާނުތައް ހިމެނުނެވެ.

ޝިންޚުވާ ބުނާގޮތުގައި މި މަޢުރަޟުގައި 18،700 ވިޔަފާރިވެރިން ބައިވެރިވިއެވެ. އޭގެތެރޭގައި 1،000 ބައިނަލްއަޤްވާމީ ވިޔަފާރިވެރިން ހިމެނެއެވެ. ޝިންޚުވާ ބުނާގޮތުގައި 40 ޤައުމަކުން 800 މެހެމާނުންނާއި ދާރިސުން ބައިވެރިއެވެ. އަދި ބައިނަލްއަޤްވާމީ ހަތް ޖަމްޢިއްޔާއެއް ބައިވެރިވިއެވެ. މި މަޢުރަޟު ބޭއްވިފައި ވަނީ އެ ސަރަޙައްދުގެ ވެރިރަށް އޮރޮމަޝީ ގައެވެ. މަޢުރަޟު ބާއްވައިފައި ވަނީ އޮގަސްޓް މަހުގެ 17 އިން 21 އަށެވެ. މި މަޢުރަޟުގައި ހެދި ޑީލްތަކުގެ އިތުރަށް 100 މިލިޔަން ޔުވާންގެ ވިޔަފާރި ކޮށްފައި ވެއެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *