Support Us

ބްރިކްސް އަށް ހަ ޤައުމެއް ވައްދައިފި

ބްރިކްސް ޖަމާޢަތަށް ހަ ޤައުމެއް އަލަށް ވައްދަން ކަނޑައަޅައި އެކަން މިއަދު އިޢުލާން ކޮށްފިއެވެ.

ބްރިކްސް ސަމިޓްގެ އެންމެފަހު ދުވަހުގެ ބައްދަލުވުންތައް ފަށްޓަވައި ދެއްވަމުން ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯޒާ ވިދާޅުވިއެވެ. "ބްރިކްސްގެ މެންބަރުކަމަށް އާޖެންޓީނާއާއި މިޞްރާއި އިތިޔޯޕިޔާއާއި އީރާނާއި ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތު ވައްދަން އަޅުގަނޑުމެން އެއްބަސްވެއްޖައީމުއެވެ. މި ޤައުމުތަކުގެ މެންބަރުކަން ފެށޭނީ 2024 ޖަނަވަރީ އެކެއްގައެވެ. ބްރިކްސް ފުޅަޢުކުރުމުގެ ފުރަތަމަ ފިޔަވައްސަށް އަޅުގަނޑުމެން މި ވަނީ އެއްބަސްވެފައެވެ. އިޤްތިޞާދީ ޢަދްލުވެރި ޙައްލުތަކެއް ހޯދުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރުވެގެންނެވެ. ދުނިޔޭގެ މަސްއަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަކީ ޟަރޫރަތެއް ކަމަށް އަޅުގަނޑުމެން ދެކެމެވެ. މާލީ ސިޔާސަތުތަކާ ބެހޭގޮތުން ޢާލަމީ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ގޮވައިލަމެވެ. ޖޮހެނަސްބަރގް ސަމިޓް ނިމުމުން ޖޮހެނަސްބަރގް އިޢުލާން ނެރެވޭނެއެވެ. މި އިޢުލާނުގައި ބްރިކްސް ޒަޢީމުން ބައިނަލްއަޤްވާމީ ޤާނޫނަށާއި އދގެ ނިންމުންތަކަށް އިޙްތިރާމު ކުރައްވާކަން ކަށަވަރުކޮށްދީފައި ވާނެއެވެ."

ރައީސް ޕޫޓިން ބްރިކްސްގެ އައު މެންބަރު ޤައުމުތަކަށް މަރްޙަބާ ވިދާޅުވަމުން ހާމަކުރެއްވި ގޮތުގައި ދެން ބްރިކްސް ދާނީ އިތުރަށް ފުޅައުވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *