Support Us

ބޭރު މީހުންނަށް ނަފްރަތްތެރިކަން އުފެއްދުމަށް ޖާގައެއް ނުދޭނަން: އުރްދުޣާން

ޤަވާޢިދާ ޚިލާފަށް ތުރްކީއަށް ހިޖްރަކުރުމާއި ތުރްކީގައި ވަގުފާރި ހުއްޓުވުމަށް ޓަކައި ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން އިޖްރާއާތުތައް ވަރުގަދަކުރައްވައިފިއެވެ. އޭނާ ވިދާޅުވިގޮތުގައި ތުރްކީގައި ބިދޭސީންނާމެދު ނަފްރަތު އުފެއްދުމަށް އޭނާ ޖާގައެއް ނުދެއްވާނެއެވެ.

ރައީސް އުރްދުޣާން މި މޭރުމުން ވާހަކަފުޅު ދެއްކެވީ ވެރިރަށް އަންކަރާގައި ބޭއްވި އައްސޭރ ސިފައިންގެ ދަސްވެނީންގެ ޙަފްލާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އުރްދުޣާން ވިދާޅުވިއެވެ. "ސަރަޙައްދީ ރޮނގު ހުރަސްކޮށްނާއި ތުރްކީގެ އެތެރޭގައި ވަގުފާރި ކުރާ މީހުންނާ ދެކޮޅަށް އަހުރެމެން ވާނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ."

އޭނާ ހާމަކުރެއްވި ގޮތުގައި މި އަހަރުގެ ތެރޭގައި ތުރްކީން ވަނީ ގަވައިދާ ޚިލާފަށް ތުރްކީއަށް އެތެރެވާން އުޅުނު 143 ހާސް މީހުން ހުއްޓުވައިފައެވެ. ގަވައިދާ ޚިލާފަށް ތުރްކީއަށް މީހުން ހިޖްރަކުރުން ހުއްޓުވުމަށް ތުރްކީން ފިޔަވަޅު އެޅިޔަސް ތުރްކީގެ އިޤްތިޞާދު ބިނާކުރުމަށް ޙިއްސާވާން ބޭނުންވާ ބިދޭސީންނަށް ތުރްކީން މަރްޙަބާ ކިޔާނެކަމަށް އުރްދުޣާން ވިދާޅުވިއެވެ.

އުރްދުޣާން ވިދާޅުވިއެވެ. "އަހުރެމެން ނަސްލީ އިމްތިޔާޒަށާއި ބޭރު މީހުންނާމެދު ނަފްރަތްތެރިކަން އުފެއްދުމަށް ޖާގައެއް ނުދޭނަމެވެ. އެއީ އަހުރެމެންގެ ޢަޤީދާއާއި ސަޤާފަތާއި ތާރީޚުގައި އޮތް ކަމެއް ނޫނެވެ. އެ ކަންކަން އަހުރެމެންގެ މުޖްތަމަޢުގެތެރޭގައި ފެތުރިގެން ދިޔުމަށް އަހުރެމެން ޖާގައެއް ނުދޭނަމެވެ."

އޭނާ ވިދާޅުވިއެވެ. "މަދު ޖާހިލުންކޮޅެއް ތުރްކީގެ ސާފު ރެކޯޑްތައް ކިލަނބުކުރަން ދޫކޮށެއް ނުލާނަމެވެ. ތުރްކީއަކީ އަނިޔާލިބެމުންދާ މީހުންނަށް އަމާންކަމާއިހިޔާވަހިކަން ދެމުންދާ ބިމެކެވެ."

ނިރުބަވެރިކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވިއެވެ. "ތުރްކީގެ ޢަދާލަތުގެ ކުރިމަތީގައި ނިރުބަވެރީންނަށް އަމާންދިނުން ގޮތެއް ނޯންނާނެއެވެ."

އޭނާ ވިދާޅުވިގޮތުގައި ނިރުބަވެރި ޖަމާޢަތްތަކަށް މީހުން ވަނުން މިހާރު ވަނީ ދުވަހަކު ވެސް މަދުނުވާ މިންވަރަކަށް ދަށަކަށް ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *