Support Us

އެފްރިކާއަށް ކާބޯތަކެތި ލިބުމުގައި ރަޝިޔާގެ މައްޗަށް ބަރޯސާވެވިދާނެ: ޕޫޓިން

ރަޝިޔާއަކީ އެފްރިކާއަށް ކާބޯތަކެތި އެތެރެކޮށްދޭ އެންމެ ބޮޑު މަސްދަރު ކަމަށާއި މި ކަމުގައި ރަޝިޔާގެ މައްޗަށް ބަރޯސާވެވިދާނެ ކަމަށް ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން ވިދާޅުވެއްޖެއެވެ.

ބްރިކްސް ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ދާދިވަރުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިޔާ އޮތީ ގޮވާމާ ބެހޭ އެއްބަސްވުމަށް ރުޖޫޢަވުމަށް ތައްޔާރަށެވެ. އެހެނަސް އެއީ މި އެއްބަސްވުމުގައި ހިމެނޭ ރަޝިޔާއާ ބެހޭ މާއްދާތަކަށް ޢަމަލު ކުރާނެ ނަމައެވެ. އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ ގޮވާމަށައި ކާދަށް ވަނީ ބޭރުކުރުމަށް ހުރަސްއެޅިފައެވެ. އެކަމަކު ޢާލަމީ ބާޒާރުގައި އޮތް ކާބޯތަކެތީގެ ދަތިކަމުގެ މަސްއަލައިގައި ބަދުނާމު ކުރަނީ ރަޝިޔާއެވެ. ރޫސީ ރައީސް ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ދަނޑުވެރިކަން މި އަހަރު ރަނގަޅުވެފައިވާތީ ޔުކްރޭނުގެ ގޮވާމާ ނުލައި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ފުދުންތެރިކަން ޙާޞިލްކޮށްދެވިދާނެއެވެ.

ޕޫޓިން ވިދާޅުވިއެވެ. "މާލީ ބާޒާރާއި ހަކައިތައިގެ ބާޒާރުފަދަ ބާޒާރުތަކަށް ވަނީ ގަޑުބަޑުތައް އައިސްފައެވެ." އޭނާ ވިދާޅުވިގޮތުގައި ޢާލަމީ ފައިސާއެއްގެ ގޮތުގައި ޑޮލަރު ބޭނުންކުރުން ވަނީ ހުއްޓައިލަން ޖެހިފައެވެ. މިކަމުގައި އެނބުރި ދިޔުމެއް ނެތެވެ.

ޕޫޓިން ވިދާޅުވިއެވެ. "ބްރިކްސް ޖަމާޢަތް ކުރިއަށް ދަނީ ދުނިޔޭގެ ގިނަ ބައެއްގެ އުންމީދުތަކާ ދިމާއަށެވެ."

ޕޫޓިން ވިދާޅުވިއެވެ. "އަޅުގަނޑުމެން އެއްބާރުލަނީ ހަމަހަމަކަމުގެ އުޞޫލުތަކާއި އެއްބަޔަކު އަނެއް ބައެއްގެ މަޞްލަޙަތުތަކަށް އިޙްތިރާމުކުރުމުގެ ބިންގަލުގެ މަތީގައެވެ. އަޅުގަނޑުމެންގެ ޖަމާޢާތުގެ އިސްތިރާޖީ ވަށަލައިގެ ނާރެހަކީ މިއެވެ. އެއީ ކުރިމަގަށް ޓަކައި ކުރަހައިލެވިފައިވާ ވަށަލައެކެވެ.އެއީ ދުނިޔޭގެ މުޖްތަމަޢުތަކުގެ ގިނަ ބަޔެއްގެ އެދުންތަކަށް އިޖާބަދޭނެ ވަށަލައެކެވެ."

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯޒާ މި ސަމިޓް ހުޅުއްވާ ދެއްވަމުން ވިދާޅުވިއެވެ. "ކުރިމަގުގެ ފާގަތިކަމަށް ޓަކައި ކުރިމަގުގެ ގުޅުންތައް ތަރައްޤީކުރުމަށް ބޭނުންވާ މަޝްރޫޢުތައް ބްރިކްސް އިން ވަނީ ކުރަހައިފައެވެ."

ރަމަފޯޒާ ވިދާޅުވިއެވެ. "މެންބަރު ޤައުމުތަކުގެ ރައްޔިތުންގެ އިޤްތިޞާދީ ފާގަތިކަން ޙާޞިލްކޮށްދިނުމަކީ މި ޖަމާޢަތުގެ އެންމެ ބޮޑު ލަނޑުދަނޑިއެވެ."

ރަމަފޯޒާ ވިދާޅުވިއެވެ. "އެފްރިކާގެ ޤައުމުތަކުން އެ ޤައުމުތަކުގެ މުއްސަނދިކަން ރޯ މާއްދާތަކުގެ ގޮތުގައި ބޭރުކުރުން ހުއްޓައިލުމުގެ ވަގުތު އަތުވެއްޖެއެވެ. ޢާލަމީ ބާޒާރުތަކަށް މި ތެކެތި ނެރެވެން ޖެހޭނީ އުފައްދައިފައިވާ މަޞްނޫޢީ އެއްޗެހީގެ ގޮތުގައެވެ. "އޭނާ ވިދާޅުވި ގޮތުގައި ހަކަތައާއި ބިނާރާއި މުވާޞަލާތާއި ސުމޭކާއި ފަންނިއްޔަތާއި ނަޤްލާއި ބިނާކުރުމަކީ އެފްރިކާއަށް ބޭނުންވާ އަގުއިތުރުކުރެވިފައިވާ ބޮޑެތި މަޝްރޫޢުތަކެކެވެ."

އަސާސީ މެންބަރުންގެ ގޮތުގައި ހިމެނޭ ބްރެޒިލާއި ރަޝިޔާއާއި ޗައިނާއާއި އިންޑިޔާއާއި ދެކުނު އެފްރިކާގެ މި ޖަމާޢަތް މަސައްކަތް ކުރަމުންދަނީ ޢާލަމީ އިޤްތިޞާދީ އައު ނިޒާމެއް ޤާއިމުކޮށް ޖަމާޢަތް ހަތަކާއި އެމެރިކާގެ އަތްގަދަކުރުމުން ދުނިޔެ ސަލަމަތް ކުރުމަށެވެ.

މި ސަމިޓްގައި ބަހުސްކުރުމަށް ހަމަޖެހިފައިވާ މައުޟޫޢޫތަކުގެ ތެރޭގައި އެފްރިކާގައި ވުނަކުރުމާއި ވުނަކުރުމުގެ މަޝްރޫޢުތައް ތަރައްޤީ ކުރުން ވެއެވެ. މި ސަމިޓްގެ މި ފަހަރުގެ ޝިޢާރަކީ "ބްރިކްސް އާއި އެފްރިކާ" އެވެ.

ދުނިޔޭގެ އާބާދީގެ 40% އަށްވުރެ ގިނަ ބަޔަކު ހިމެނޭ މި ޖަމާޢަތަށް ވަނުމަށް އެދިފައިވާ 23 ޤައުމު ވެއެވެ. ރައީސް ޕޫޓިންގެ ޚިޠާބުގައި މި މަސްއަލައަށް ބައްލަވައިލައްވައިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *