Support Us

ވެގްނަރުންގެ ޒަޢީމު އެފްރިކާއިން ފެންނަ ފޮޓޯއެއް

ވެގްނަރުންގެ ޒަޢީމު ޕްރިގޮޒިނަށް ތަބާވާ ޓެލެގްރާމް ޗެނެލެއްގައި އޭނާގެ ވީޑިއޯ ކްލިޕެއް އިއްޔެ ފަތުރައިފިއެވެ. ފެންނަފެނުމުގައި އޭނާ ހުރީ އެފްރިކާގެ ސަހަރާ ރަށެއްގައެވެ. 

ޖުމްލަ 40 ސިކުންތުގެ މި ވީޑިއޯގައި އޭނާ ހުރީ ޢަސްކަރީ ހެދުމެއްގައި ބަޑިއެއް ހިފައިގެންނެވެ. އޭނާގެ ފަހަތުގައި ތަންކޮޅެއް ދުރުގައި ހަނގުރާމަވެރީންތަކަކާއި ޢަސްކަރީ ކުޑަ އުޅަނދެއް އޮތެވެ. 

 ގްރޭ ޒޯން ޗެނެލް ބުނާގޮތުގައި ޕްރިގޮޒިން ހުރީ ކޮންމެވެސް އެފްރިކާގެ ރަށެއްގައެވެ. މި ޗެނެލުން އެ ރަށުގެ ނަމެއް ނުބުނެއެވެ. މި ވީޑިއޯ ނަގައިފައި ވަނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. 

މި ވީޑިއޯގައި ޕްރިގޮޒިން ބުނެއެވެ. "އަހުރެމެން މަސައްކަތް ކުރަނީއެވެ. ހޫނުކަން 50 ދަރަޖައަށްވުރެ މައްޗެވެ. ހުރިހާ ކަމެއްވެސް އަހުރެމެން ލޯބިވާ ގޮތަށެވެ." 

އޭނާ އިތުރަށް ބުންޏެވެ. "ވެގްނަރުން މި އުޅެނީ ބަލައި ފާސްކުރުމުގެ މަސައްކަތެއްގައެވެ. ހުރިހާ ބަރޫދުތަކެއްގައި ރަޝިޔާގެ ވުޖޫދު ބާރުގަދަކުރުމަށެވެ. އެފްރިކާގެ ރައްޔިތުންނަށް އެފްރިކާ މިނިވަން ޢަދްލުވެރި، ފާގަތި ތަނަކަށް ހަދައިދިނުމަށެވެ."

ވެގްނަރުންނަކީ ޔުކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންނާއެކު އެތައް މަހެއް ވަންދެން ހަނގުރާމަކުރި ރަޝިޔާގެ ޖަމާޢަތެކެވެ. އެހެނަސް މި ދިޔަ ޖޫންމަހު އެ ޖަމާޢަތުގެ ޒަޢީމު ޕްރިގޮޒިން ވަނީގެރަޝިޔާއާ ދެކޮޅަށް ނުކިޔަމަންތެރިކަން ހާމަކޮށް ބަޣާވަތެއް ކޮށްފައެވެ. އެހެނަސް 24 ގަޑިއިރު ނުވަނީސް މި ބަޣާވަތް ވަނީ ނިންމައިލައިފައެވެ. އެއަށްފަހު ވެގްނަރުން އަވަށްޓެރި ބިލަރޫސަށް ދިޔުމަށް އެއްބަސްވިއެވެ. ރައީސް ޕޫޓިން ވަނީ ޕްރިގޮޒިން ޝަރީޢަތަށް ނުފޮނުއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

ޖުލައި މަހު ފަހުކޮޅު ސޭން ޕީޓަރސްބަރގްގައި ބޭއްވި ރަޝިޔާ- އެފްރިކާ ސަމިޓުން ޕްރިގޮޒިން ފެނިފައި ވެއެވެ. 

އެފްރިކާގެ ނައިޖަރުގައި ގެނައި އިންޤިލާބާ ވިދިގެން މި ޤައުމު ރަޝިޔާއާ ކައިރިވަމުން އަންނަކަމަށް މީޑިއާތައް ބުނެއެވެ. މިއީ ޕްރޮގޮޒިން މަރްޙަބާ ކީ ކަމެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *