Support Us

މަޖީދިއްޔާ ސްކޫލް ސްޓޫޑަންޓް ކައުންސިލްގެ އިންތިހާބުގައި ވާދަކުރާ ބައެއް ދަރިވަރުން ކެމްޕޭން ހަރަކާތެއްގައި -ފޮޓޯ: މަޖީދިއްޔާ/ އެފް.ބީ

މަޖީދިއްޔާ ސްޓޫޑަންޓް ކައުންސިލްގެ އިންތިހާބުގައި ރައީސް ޔާމީނާއި މެސީއަށް ވެސް ވޯޓުލައިފި

މަޖީދިއްޔާ ސްކޫލް ދަރިވަރުންގެ ކައުންސިލްގެ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އިތުރު ގޮޅި ކުރަހައި، ރައީސް ޔާމީނާއި މެސީގެ ނަން ޖަހައިފައި ބައެއް ކުދިން މިއަދު ވޯޓު ލައިފިއެވެ.

ދިރާސީ އާ އަހަރަށް (2023/2024) ހޮވާ ސްޓޫޑަންޓް ކައުންސިލަށް މެމްބަރުން ހޮވުމަށް ގްރޭޑް ހަތަކުން 10ގެ ދަރިވަރުންގެ މެދުގައި މިއަދު ހެނދުނު ބޭއްވި އިންތިހާބުގައި ވޯޓު ކަރުދާސްކޮޅު ލިބުމުން ބައެއް ކުދިން ވަނީ "ކޮލިފިކޭޝަން ހަމަނުވޭ" ޖަހައިފައި ވެސް ކަރުދާސްކޮޅު ފޮއްޓަށް ވައްޓާލައިފައެވެ. އަނެއްބައި ކުދިން ރައީސް ޔާމީނާއި މެސީގެ ނަން ވެސް ވަނީ ޖަހައިފައެވެ.

މިއަދުގެ އިންތިހާބުގައި 600 ދަރިވަރުން ވޯޓުލިއެވެ. ވޯޓުލުމުގެ ހައްގު ބައެއް ކުދިން ބޭނުންކުރީ (ވޯޓު ކަރުދާސްކޮޅުގައި ނަން ނެތަސް) އެ ކުދިންނަށް ފެންނަ މީހަކަށް ވޯޓު ދީގެންނެވެ.

ސްޓޫޑަންޓް ކައުންސިލަށް ހޮވަނީ ސްކޫލް ކެޕްޓަނާއި ވައިސް ކެޕްޓަނާއި ހައުސްތަކުގެ ކެޕްޓަނުންނާއި އިތުރު ހަރަކާތްތަކުގެ ކެޕްޓަނުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *