ބ. ފުޅަދޫއާއި، ފެހެންދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، ނެރުބައްތި އާއި ބަނދަރު ބައްތިޖަހައި، 558 އަކަމީޓަރުގެ ޕޭވްމެންޓް ވަނީ ހަދާފައެވެ. އަދި ބަނދަރު ރަށާއި ގުޅާލުމަށްޓަކައި، 68.3 މީޓަރު ދިގު އަދި 10 މީޓަރުފުޅާ ބްރިޖެއް ވަނީ އަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ފުޅަދޫ ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 538 ކިލޯވޮޓްއެވެ. ފުޅަދޫ އިންޖީނުގެ އާ ފެނަކަ އައު އޮފީސް ޢިމާރާތްކޮށްފައި ވަނީ، ރަށުގެ މީހުން އުޅޭ ސަރަޙައްދާއި ދުރުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، ނެރުބައްތި އާއި ބަނދަރު ބައްތިޖަހައި، 558 އަކަމީޓަރުގެ ޕޭވްމެންޓް ވަނީ ހަދާފައެވެ. އަދި ބަނދަރު ރަށާއި ގުޅާލުމަށްޓަކައި، 57.7 މީޓަރު ދިގު އަދި 10 މީޓަރުފުޅާ ބްރިޖެއް ވަނީ އަޅާފައެވެ.



advertisment