އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ.) 2023ގައި ވާދަކުރާ ރާއްޖޭގެ ވަފުދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި އޮތް މި ރަސްމިއްޔާތުގައި ވަނީ އައި.އޯ.އައި.ޖީ 2023ގައި ރާއްޖެ ތަމްސީލުކުރާ ފްލޭގް ބެއަރަރ އިޢުލާންކުރައްވާފައެވެ. ފްލޭގް ބެއަރަރސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޓެނިސް ކުޅުންތެރިޔާ ޢަބުދުﷲ ފާއިހް ފަޒީލްއާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީއެވެ. މި ރަސްމިއްޔާތުގައި ދީމާ އަށް ރައީސުލްޖުމްހޫރިއްޔާ ދިދަ ޙަވާލުކޮށްދެއްވިއެވެ.
މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު ތިނެއްގެ ނިޔަލަށް މަޑަގަސްކަރާގައި ކުރިޔަށްގެންދާ އައި.އޯ.އައި.ޖީ 2023ގައި ރާއްޖެއިން 176 ކުޅުންތެރިން ވާދަކުރެއެވެ. އަދި މިފަހަރު ޖުމްލަ ނުވަ ކުޅިވަރަކާއި ޔޫތް ކޭންޕުގައި ރާއްޖެއިން ބައިވެރިވާއިރު އައި.އޯ.އައި.ޖީގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ޓެނިސް، ޕެރަ އެތްލެޓިކްސް، ސްވިމިންގ، ބާސްކެޓް ބޯލް ހިމެނެއެވެ.



advertisment