Support Us

ހުޅުމާލޭގެ ގެތައް 10 ބުރިއަށް ނެގޭ ގޮތަށް ހަދައިފި

ހުޅުމާލޭގައި އާންމުން ދިރިއުޅޭ ގެތައް 10 ބުރިއަށް ނެގޭ ގޮތަށް އާބަންކޯ އިން ހަދައިފިއެވެ.

އާބަންކޯ އިން ބުނީ ހުޅުމާލެއިން ގެދޮރުވެރިކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ކުރިން ޓެރަސްއާ އެކު ހަތް ފަންގިފިލާ އަށް އިމާރާތްކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، 10 ފަންގިފިލާ އަށް އިމާރާތްކުރެވޭ ގޮތަށް މިހާރު ވަނީ ނިންމާފައި ކަމަށެވެ. އެހެންވެ މީގެ ފަހުން 31 މީޓަރަށް ރެޒިޑެންޝަލް ޕޮލޮޓުތައް ހިއްލޭނެ ކަމަށް ވެސް އާބަންކޯ އިން ބުނެއެވެ.

މި ބަދަލުގެ އިތުރުން، ޕާކިންއަށް އައު ޝަރުތުތަކެއް އިތުރުކޮށް، އިމާރާތުގެ އިމުގެ ތެރޭގައި ޕާކިން ހެދުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތުން، ކޮންމެ ކޮންމެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަދުވެގެން ދެ ސައިކަލު ޕާކުކުރާނެ ޖާގަ ކަނޑައަޅަން ޖެހެއެވެ. އަދި ކޮންމެ އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް އެއް ސައިކަލު ޕާކުކުރާނެ ޖާގަ ކަނޑައަޅަން ޖެހެއެވެ. އަދި ސައިކަލު ޕާކިންގެ ސައިޒެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 0.8 ގުނަ 2 މީޓަރެވެ. އަދި ކާރު ޕާކިންގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 2.5 ގުނަ 4.8 މީޓަރެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *