Support Us

ބްރިކްސްގައި ބައިވެރިވާން 23 ގައުމަކުން އެދެފި

ބްރިކްސް ޖަމާޢަތުގައި 23 ޤައުމަކުން ބައިވެރިވާން އެދިފައިވާ ކަމަށް ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރާ ނެލްޑީ ޕެންޑޯރ ވިދާޅުވެއްޖެއެވެ. މި މަހު ދެކުނު އެފްރިކާގެ ޖޮހެނަސްބަރގްގައި ބޭއްވޭ ބްރިކްސް ސަމިޓްގައި މި މަސްއަލައާމެދު ބަޙުސްކޮށް ވަކި ގޮތެއް ނިންމާނެ ކަމަށް ވަޒީރާ ވިދާޅުވިއެވެ.

ޕެންޑޯރ ނޫސްވެރީންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ. "ބްރިކްސް ސަމިޓްގައި މި ޖަމާޢަތް ފުޅައުކުރުމާ ބެހޭ ގޮތުން ބަޙުސް ކުރެވޭނެއެވެ. މި ސަމިޓަށް ދެކުނު އެފްރިކާއިން މެންބަރުން އިތުރުކުރުމާ ބެހޭ އުޞޫލުތަކާއި މީޔާރުތައް ބަޔާންކުރާ ކަރުދާހެއް ހުށައަޅައިނެއެވެ." 

އޭނާ ވިދާޅުވިގޮތުގައި މި އުޞޫލުތަކާއި މީޔާރުތައް ސަމިޓުން ބަލައިގަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

ބްރިކްސް ޖަމާޢަތަށް ވަންނަން އެދިފައިވާ ޤައުމުތައް:

  1. ޖަޒާއިރު
  2. އާޖެންޓީނާ
  3. ބަންގްލަދޭޝް
  4. ބަޙްރައިން ބިލަރޫސް
  5. ބޮލިވިޔާ
  6. ވެނެޒުއޭލާ
  7. ވިއެޓްނާމް
  8. ކިޔުބާ
  9. ހޮންޑޯރަސް
  10. މިޞްރު
  11. އިންޑޮނޭޝިޔާ
  12. އީރާން
  13. ކަޒަޚިސްތާން
  14. ކުވައިތު
  15. މަޣްރިބު
  16. ނައިޖީރިޔާ
  17. ފަލަސްޠީން
  18. ސުޢޫދީ ޢަރަބިއްޔާ
  19. ސެނެގޯލް
  20. ތައިލެންޑް
  21. އިމާރާތު
  22. އިތިޔޯޕިޔާ  

ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރާ ވިދާޅުވި ގޮތުގައި މި ޤައުމުތައް ބްރިކްސްއަށް ވެއްދުމާ ބެހޭގޮތުން ޤަރާރު ކަނޑައަޅުއްވާނީ ބްރިކްސްގެ ޒަޢީމުންނެވެ. ބްރިކްސް ޖަމާޢަތުގެ ޒަޢީމުންނަކީ ބްރެޒީލާއި ރަޝިޔާއާއި އިންޑިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާއެވެ. 

ބްރިކްސް ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 އިން 24 އަށެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *