Support Us

ޔުކްރޭން ސިފައިންގެ ހަތިޔާރު ގުދަންތަކެއް ރޫސީ ސިފައިން ފުނޑުފުނޑުކޮށް ނައްތައިލައިފި

ޒަބަރޯޖިޔާ ސަހަރާއި މަލާޔާޓޮކްމަޝްކާ ރަށުގައި ހުރި ޔުކްރޭން ސިފައިންގެ މިސައިލާއި ބޮޑުބަޑީގެ ގުދަންތަކަކާއި ލޮޖިސްޓިކް  ޚިދްމަތްދޭ އެތައް ތަނެއް ހަލާކުކޮށްލައިފި ކަމަށް ރޫސީ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. 

ސުޕްޓްނިކް ނޫސްއޭޖެންސީ ބުނާގޮތުގައި ޔުކްރޭންގެ 63 ވަނަ އަދި 66 ވަނަ މެކޭނިކަލް ބްރިގޭޑުން ދިން ތިން ޙަމަލާއަކަށް ރޫސީ ސިފައިން ހުރަސްއަޅައި މަތަކުރިއެވެ. ރޫސީ ލަޝްކަރުން މި ޙަމަލާތަކަށް ހުރަސްއެޅީ ވައިގެ ސިފައިންނާއި އެއްގަމު ސިފައިންނާއި ޑްރޯންތަކުންނެވެ. ރޫސީ ސިފައިން މި ޙަމަލާތައް ދިފާޢުކުރުމަށް ދިން ޙަމަލާތަކުގެ ސަބަބުން
ޔުކްރޭން ސިފައިންގެ 90 މީހުން މަރުވިއެވެ. އަދި ހަވްޓަރޒް ޑީ-20 މަރުކާގެ ބަޑިއަކާއި ދެ ޕކަޕާއި ހަނގުރާމަމަތީ ދެ އުޅަނދެއް ހަލާކުކޮށްލިއެވެ. 

ރޫސީ ސިފައިން ބުނާގޮތުގައި ކޮބިޔަންސްކް ނާރެހުގައި ރޫސީ ސިފައިންގެ "ހުޅަނގު ފައުޖުން" ޔުކްރޭން ސިފައިންގެ 14 ވަނަ އަދި 32 ވަނަ މެކޭނިކަލް ބްރިގޭޑުން ދިން ޙަމަލާތައް މަތަކޮށް ހަނގުރާމައިގެ މައިދާނުގައި ކުރިއަށް ޖެހުނެވެ. ރޫސީ ސިފައިން ބުނާގޮތުގައި ޑޮނެޓްސްކް ނާރެހުގައި ރޫސީ ސިފައިން ވަޔާއި އެއްގަމު ސިފައިން ބޭނުންކޮށްގެން ޔުކްރޭން ސިފައިންގެ ހަތް ޙަމަލާ މަތަކުރިއެވެ.

މި މަސައްކަތުގެ ތެރޭގައި ޔުކްރޭން ސިފައިންގެ 59ވަނަ މެކޭނިކަލް ބްރިގޭޑްގެ އެމިނިޔުޝަން ގުދަންތަކުން ގުދަނެއް ގޮއްވައިލައި އެތާނގައި ހުރި ހަތިޔާރުތައް ނައްތައިލިއެވެ. މި ނާރެހުގައި ޔުކްރޭން ސިފައިންގެ 110 މީހަކު މަރައިލި ކަމަށް ރަޝިޔާއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *