Support Us

ތައިވާނުގެ ނައިބު ރައީސް އެމެރިކާ މަގުން ދަތުރުކުރެއްވުމަކީ މަސްއަލަތައް އުފައްދާނެ ކަމެއް: ޗައިނާ

ތައިވާނުގެ ނައިބު ރައީސް ވިލިޔަމް ލާއި މަގު ހުރަސްކުރުމުގެ ދަތުރުފުޅެއްގައި އެމެރިކާއަށް ޒިޔާރަތް ކުރެއްވުމުން ޗައިނާއިން އެ ކަން ކުށްވެރިކޮށްފިއެވެ. ތައިވާނުގެ ނައިބު ރައީސް ދަތުރުކުރެއްވި މަތިންދާބޯޓު ނިވްޔޯކަށް ޖެއްސީ ހޮނިހިރު ދުވަހުގެ ދަންވަރުގައެވެ. 

ޗައިނާއިން ސިފަކުރި ގޮތުގައި އެއީ "މަސްއަލަތައް އުފައްދާނެ" ކަމެކެވެ. އޭނާ ނިވްޔޯކްގައި މަޑުކޮށްލެއްވީ ޕެރަގުއޭއަށް ކުރައްވާ ދަތުރުފުޅެއްގައެވެ. ޕެރަގުއޭއަށް ވަޑައިގަންނަވަނީ އެ ޤައުމުގެ ރައީސްކަމަށް ބޭފުޅަކު އިސްކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައެވެ. އޭނާ މި ރަސްމިއްޔާތުން ނިމިވަޑައިގެން ތައިވާނަށް އެނބުރި ވަޑައިގަންނަވާއިރު އެމެރިކާގެ ސޭންފްރޭންސިސްކޯގައި މަޑުކޮށްލައްވާނެއެވެ. އޭނާ ސޭން ފްރެންސިސްކޯއަށް ވަޑައިގަންނަވާނީ މި އަންނަ ހުކުރު ދުވަހުއެވެ. 

ލާއިއަކީ މިއަންނަ ޖަނަވަރީގައި ތައިވާނުގައި ބޭއްވޭ ރިޔާސީ އިންތިޚާބުގެ އެންމެ ބޮޑު ވާދަވެރިޔާއެވެ.

ތައިވާނުގެ ނައިބު ރައީސްގެ ދަތުރުފުޅާ ބެހޭގޮތުން ތައިބޭއިން ވެސް ވޮޝިންގްޓަނުން ވެސް އެއްވެސް ތަފްސީލެއް  ހާމައެއް ނުކުރެއެވެ. ޗައިނާގެ ޚާރިޖިއްޔާއިން ސިފަކުރިގޮތުގައި ލާއި އަކީ "ވަކިވެގަތްފައިވާ" ބޭފުޅެކެވެ. އަދި އޭނާއަކީ "އަބަދުވެސް މަސްއަލަތައް ކައްކުވަން އުޅުއްވާ" ބޭފުޅެކެވެ. ޗައިނާގެ ޚާރިޖިއްޔާއިން ބުނިގޮތުގައި ބޭޖިންގުން މި ދަނީ މި ކަން ވަރަށް ގާތުން ބަލަމުންނެވެ. ޗައިނާ ސަރުކާރު ބުނިގޮތުގައި މިއީ އެމެރިކާއިން ތައިވާނަށް ވާގިވެރިވަމުންދާކަމުގެ ޢަލާމަތެކެވެ. ޗައިނާ ބުނިގޮތުގައި ތައިވާނަކީ ޗައިނާއިން ވަކިކޮށް ނުލެވޭނެ ޗައިނާގެ ރަށެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *