Support Us

މެދުމިނަށްޓަކައި ސުޢޫދީން ބާއްވާ "ގުޅުން ވާޞިލްކުރުމާއި ގުޅިގެން ފުރިހަމަކުރުމުގެ މަހާސިންތާ"

މުސްލިމުންނާ ކުރިމަތިވެފައިވާ މަސްއަލަތަކާއި ނަވާޒިލްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ޓަކައި ދެ ޙަރަންފުޅުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ޢިނާޔަތުގެ ދަށުން މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ އިސްލާމީ ޤައުމުތަކުގެ ދަންނަބޭކަލުންނާއި ޢިލްމުވެރީން ސަޢޫދީ ޢަރަބިއްޔާއަށް ތާރީފު ކުރައްވައިފިއެވެ. އިސްލާމީ އުންމަތުގެ މަސްއަލަތައް ޙައްލުކުރުމަށާއި ސަމާޙަތު ފެތުރުމަށާއި ޞުލްޙަވެރިކަމާއެކު ދިރިއުޅުމުގެ އުޞޫލުތައް ދެމެހެއްޓުމަށް ޓަކައި ސުޢޫދީ ޒަޢާމަތުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތައް އިސްލާމީ ޢިލްމުވެރީން ފާހަގަކުރެއްވިއެވެ. މި މަހާސިންތާގެ ޝިޢާރަކީ "ގުޅުން ވާޞިލްކުރުމާއި ގުޅިގެން ފުރިހަމަކުރުން" އެވެ.

މި މަހު 13 އިން 14 އަށް ބާއްވާ މި މަހާސިންތާގައި 85 ޤައުމަކުން 150 ޢާލިމުން ބައިވެރިވެ ވަޑައިގަންނަވައެވެ. މި މަހާސިންތާ ބޭއްވޭނީ މާތްވެގެންވާ މައްކާގައެވެ.

ބަޙްރައިންގެ ސުންނީ ވަޤްފު މަޖިލީހުގެ ރައީސް ޑރ. ރާޝިދުލް ހާޖިރީ ވިދާޅުވި ގޮތުގައި މިއީ ޒަމާނީ ގޮންޖެހުންތަކުގެ ހިޔަލުގައި ދީނީ މުއައްސަސާތައް އެ މުއައްސަސާތަކުގެ ދައުރު އަދާކުރުމަށް ޓަކައި ތެދުވުމަށް ހިތްވަރުދޭނެ ބައްދަލުވުމެކެވެ. އިސްލާމްދީނުގެ މެދުމިން ފެތުރުމަށާއި ނިރުބަވެރިކަމާއި މުސްލިމު ވެށީގެތެރެއަށް ވަންނަމުންދާ ލާދީނީ ޚިޔާލުތަކާއި ހަނގުރާމަކޮށް މުސްލިމުންގެ ވިސްނުން ތެދުމަގުގައި ދެމެހެއްޓުމަށް ސުޢޫދީ ޢަރަބިއްޔާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އަލްހާޖިރީ ވިދާޅުވިއެވެ.

މޮރިޓޭނިޔާގެ މުފްތީ އައްޝައިޚް އަޙްމަދުލް ޝަންޤީޠީ ވިދާޅުވިގޮތުގައި މި މަހާސިންތާގެ ނާރެސްތައް ވަނީ އިސްލާމީ އުންމަތުގެ މުހްތާދުތަކާ ގުޅިފައެވެ. އޭނާ ވިދާޅުވިގޮތުގައި މި މަހާސިންތާގެ ސަބަބުން ޒަމާނީ ތަފާތު މަސްއަލަތަކަށް ޙައްލު ހޯދައިދިނުމުގައި ޢިލްމުވެރީންގެ ވިސްނުފުޅާއި ފިކްރުތައް އެއްގަލަކަށް އެރުވުމަށް ބާރު ލިބޭނެއެވެ.

ލުބްނާނުގެ މުފްތީ އައްޝައިޚު ޢަބްދުއްލަޠީފު ދިރްބާން ވިދާޅުވިގޮތުގައި މާތްވެގެންވާ ޙަރަންފުޅުގެ އަވަށްޓެރިކަމުގައި މި ބޭއްވޭ މަހާސިންތާގެ ސަބަބުން އިސްލާމީ އުންމަތުގެ ދަރީންގެ މެދުގައި އެއްބާރުލުމުގެ ގޮށް އިތުރަށް ބާރުވެ ހަރުދަނާވެގެން ދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ ޙައްދުފަހަނަޅައިދިޔުމާއި ހަރުކަށިކަމަކީ މި ދީން އެކަންކަމާ ދެކޮޅުހަދާ ކަންތައްތަކެކެވެ. އޭނާ ވިދާޅުވިގޮތުގައި މުސްލިމުން އެމީހުންގެ ޢާންމު ޙަޔާތާއި ޚާއްޞަ ޙަޔާތުގައި މެދުމިނަށް ވަފާތެރިވާން ޖެހޭނެއެވެ. ހައްދުފަހަނަޅައިގޮސްގެން ނުވާނެއެވެ. ހަރުކަށިބަޔަކަށް ވެގެން ނުވާނެއެވެ.

ސެރިޔޯވޯގެ މުފްތީ ނަޖާދު ގްރެބޮސް ވިދާޅުވިގޮތުގައި ސުޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރުމަކީ ބާއްޖަވެރިކަން ލިބޭ ކަމެކެވެ. އޭނާ ސުޢޫދީ ޢަރަބިއްޔާއަށް ތާރީފުކުރައްވަމުން ވިދާޅުވިގޮތުގައި ސުޢޫދިޔާއަކީ އިސްލާމްދީނާއި މުސްލިމުންނަށް ޓަކައި ޚިދްމަތްކުރާ ދީލަތި ޤައުމެކެވެ.

ބޮސްނިޔާގެ މުފްތީ ވިދާޅުވިގޮތުގައި މި މަހާސިންތާއަކީ އިސްލާމީ މުއައްސަސާތައް ގުޅިގެން އިސްލާމްދީނަށް ޓަކައި މަސައްކަތްކުރުމަށް މަގުފަހިކޮށްދޭނެ ވެށްޓެއް ޤާއިމުކުރުމަށް ބާރުއަޅާނެ ބައްދަލުވުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *