Support Us

ނައިޖަރުގެ މަސްއަލައަށް ވަނުމާމެދު އެކޮވަސް އިން އަލުން ބައްދަލުވަނީ

ނައިޖަރަށް ދީމިޤްރާޠީ ނިޒާމު އިޢާދަ ކުރުމަށް ޓަކައި ޢަސްކަރީ ފިޔަވަޅު އެޅުމާ ބެހޭގޮތުން މަޝްވަރާކުރުމަށް އެކޮވަސް ޖަމާޢަތުގެ މެންބަރު ޤައުމުތަކުގެ ޗީފް އޮފް ސްޓާފުން މި އަންނަ ހަފުތާގައި ގާނާގައި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެހެނަސް ރަޝިޔާއިން އިންޒާރުކުރާ ގޮތުގައި މި މަސްއަލައާ ޢަސްކަރީގޮތުން ބެހުމަކީ ސަރަޙައްދުގެ ހަމަޖެހުމަށް ވަރަށް ބޮޑަށް ލޮޅުންއަރުވާނެ ކަމެކެވެ. މި މައުޟޫޢާ ބެހޭގޮތުން ޢަޒްލުކުރިވިފައިވާ ރައީސް މުޙައްމަދު ބާޒޫމުގެ ޙަޔާތްޕުޅު ސަލާމަތްކުރުމަށް އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދާއި އެފްރިކާގެ ކަމިޝަނުން ދަނީ ގޮވައިލަމުންނެވެ.

ނައިޖީރިޔާގެ ވެރިރަށް އަބޫޖާގައި އެކޮވަސްގެ ޒަޢީމުން ބުރާސްފަތި ދުވަހު ބޭއްވެވި އިސްތިސްނާއީ ސަމިޓްގައި އެއްބަސްވެ ވަޑައިގެންފައިވަނީ ނައިޖަރުގެ މަސްއަލަ ޑިޕްލޮމެޓިކް ވަސީލަތްތަކުން ޙައްލުކުރުމަށް މަސައްކަތް ކުރުމަށެވެ. އެހެނަސް އެހެން ހުރިހާ ޚިޔާރުތަކެއް ވެސް ހުޅުވިފައިވާ ކަމަށް އެކޮވަސް ޒަޢީމުން ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ވަނީ ރިޒަރވް ބާރުތައް ޙަރަކާތްތެރިކުރުވުމަށް ވެސް ގޮވައިލައިފައެވެ.

ނައިޖަރަށް ސިފައިން ފޮނުވުން

ނައިޖަރަށް ފޮނުވާ ބާރުގައި ހިމެނޭނީ ކިތައް ސިފައިން ކަމެއް އަދި އެމީހުން ނައިޖަރުގައި ތިބޭނީ ކިހާ ދުވަހަކު ކަމެއް ނުބުނެއެވެ. މި ފަދަ ބާރެއް ތައްޔާރު ކުރުމަށް ބޭނުންވާ މުއްދަތާ މެދުވެސް އެއްޗެއް ނުބުނެއެވެ.

މުޙައްލިލުން ވިދާޅުވާ ގޮތުގައި މިފަދަ ބާރެއް އެކުލަވައިލުމަށް އެތައް ހަފުތާއެއް ބޭނުންވާނެއެވެ. މިފަދަ ބާރެއް އެކުލަވައިލުމަށް ކުރެވިފައިވާ މަސައްކަތްތައް ފޭލްވެފައިވަނީ ޚަރަދުކުރުމުގެ މަސްއަލައާއި ލޮޖިސްޓިކް މަސްއަލަތަކާ ހެދިއެވެ.

މިހާތަނަށް އައިއިރު މި ބާރުގައި ބައިވެރިވާނެ ކަމަށާއި އެ ޤައުމުން ފޮނުވާނެ ސިފައިންގެ ޢަދަދު ކަނޑައަޅައި ބުނެފައިވަނީ އައިވަރީ ކޯސްޓެވެ. މި ޤައުމުގެ ރައީސް ޙަސަން ވަޓާރާ ބުރާސްފަތި ދުވަހު ހާމަކުރެއްވި ގޮތުގައި އެ ޤައުމުން 850 ސިފައިންގެ ފައުޖެއް ފޮނުވާނެއެވެ.

ބަނީނުގެ ސިފައިންގެ ތަރްޖަމާން ހުކުރު ދުވަހު ވިދާޅުވި ގޮތުގައި އެ ޤައުމުން މި ބާރުގައި ބައިވެރިވާނެއެވެ. އެހަނަސް އެ ޤައުމުން ފޮނުވާނީ ކިތައް ސިފައިން ކަމެއް ހާމައެއް ނުކުރެއެވެ. ސެނެގޯލުން ބުނާގޮތުގައި ނައިޖަރަށް ސިފައިން ފޮނުވާނަމަ އެ ކަމުގައި ސެނެގޯލް ބައިވެރިވާނެއެވެ.

ގެމްބިޔާގެ ދިފާޢީ ވަޒީރާއި ލައިބީރިޔާގެ އިންފޮމޭޝަން ވަޒީރުން ވިދާޅުވިގޮތުގައި ނައިޖަރަށް ފޮނުވާ ލަޝްކަރުގައި ބައިވެރިވުމާމެދު އަދި އެއްވެސް ނިންމުމެއް ނެތެވެ.

އަވަށްޓެރި މާލީއާއި ބުރްކީނާ ފާސޯ ބުނާގޮތުގައި އެ ދެ ޤައުމުން ނައިޖަރުގެ ދިފާޢުގައި ތެދުވާނެއެވެ.

ރަޝިޔާގެ އިންޒާރު

އަނެއްކޮޅުން ރަޝިޔާއިން އިންޒާރުކުރާ ގޮތުގައި ނައިޖަރުގެ މަސްއަލައިގެ ތެރެއަށް ޢަސްކަރީގޮތުން ވަނުމަކީ އެ ސަރަޙައްދުގެ ހަމަޖެހުމަށް ބާރުން ލޮޅުން އަރުވައިލުމެވެ. ރޫސީ ޚާރިޖިއްޔާއިން އިއްޔެ ނެރުނު ބަޔާން ބުނާގޮތުގައި ނައިޖަރުގެ މަސްއަލައަށް ޢަސްކަރީ ޙައްލެއް ގެނައުމަކީ އެފްރިކާގެ މި ޤައުމުގައި ދިގު މުއްދަތަކަށް ކުރިމަތިލުންތައް ހިނގުމަށް ދޮރު ހުޅުވައިލުމެކެވެ. މޮސްކޯ ބުނިގޮތުގައި މި މަސްއަލަ ޙައްލު ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެކޮވަސް ޖަމާޢަތުން ޑިޕްލޮމެޓިކް ވަސީލަތްތަކުން މަސްއަލަ ޙައްލު ކުރުމަށް މަސައްކަތް ކުރުމެވެ. އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ވެސް ތާއީދު ކުރަނީ އެކޮވަސް އަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *