Support Us

ހައްޔަރީން ބަދަލުކުރުމަށް އެމެރިކާއާއި އީރާން އެއްބަސްވެއްޖެ

އެމެރިކާއާއި އީރާނާ ދެމެދުގައި ހައްޔަރީން ބަދަލުކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.

ޤަޠަރު މެދުވެރިވެގެން މި އެއްބަސްވެވުނު އެއްބަސްވުމަށް ވޮޝިންގްޓަނުން މިއަދު ވަނީ ވަރަށް ބޮޑަށް މަރްޙަބާ ކިޔައި ދައުޙާއަށް ތާރީފުކޮށްފައެވެ. އެމެރިކާއިން ގަނޑުކޮށްފައި ހުރި އީރާނުގެ އެތައް ބިލިޔަން ޑޮލަރުތަކެއް މި އެއްބަސްވުމުގެ ސަބަބުން މިނިވަން ވެގެންދާނެއެވެ. މި ފައިސާތައް އެމެރިކާއިން ލާނީ ޤަޠަރުގެ އެކައުންޓްތަކަކަށެވެ.

އީރާނުގެ ޚާރިޖިއްޔާއިން ބުނިގޮތުގައި އެމެރިކާއިން ޤާނޫނާ ޚިލާފަށް ހިފަހައްޓައިފައި ހުރި އެތައް ބިލިއަން ޑޮލަރުތަކެއް ދޫކޮށްލުމުގެ މަސައްކަތް ވޮޝިންގްޓަނުން ފަށާނެއެވެ. އީރާނުގެ ޚާރިޖިއްޔާ ބުނިގޮތުގައި މި ފައިސާތައް ޚަރަދު ކުރާނީ ޤައުމުގެ ތަފާތު ބޭނުންތަކާ އެއްގޮތަށެވެ.

އީރާނުން ބުނާގޮތުގައި މި އެއްބަސްވުމާ އެއްގޮތަށް ވޮޝިންގްޓަނުން ޢަމަލުކުރާނެކަމުގެ ޖާމިނުވުންތައް ވަނީ ޠަހަރާނަށް ލިބިފައެވެ. ޠަހަރާން ބުނިގޮތުގައި ދޫކޮށްލުމަށް އެއްބަސްވި އެމެރިކާގެ ހައްޔަރީން އަދި ތިބީ އީރާނުގައެވެ.

އީރާން ބުނާގޮތުގައި ޔޫރަޕްގެ ބޭންކެއްގައި ގަނޑުކޮށްފައި ހުރި އީރާނުގެ ފައިސާތައް ދޫކުރުމުގެ އިޖްރާއާތުތައް ވަނީ ފަށައިފައެވެ.

އީރާނުގެ މީޑިޔާތައް ބުނާގޮތުގައި ދެކުނު ކޮރެޔާއާއި ޢިރާޤުގައި އީރާނުގެ 10 ބިލިއަން ޑޮލަރު ހިފަހައްޓައިފައި އެބަހުށްޓެވެ. މި ފައިސާތައް ދޫކޮށްލާނެއެވެ. ދެކުނު ކޮރެޔާގައި ހިފަހައްޓައިފައި ހުރި ފައިސާތައް ފުރަތަމަ ޓްރާންސްފަރ ކުރާނީ ސްވިސް ބޭންކަކަށެވެ. އެ ބޭންކުން ދެން ޓްރާންންސްފަރ ކުރާނީ ޤަޠަރަށެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނުގެ ޖަލުތަކުގައި ތިބި އެމެރިކާގެ ފަސް މީހަކު ދޫކޮށްލާނެއެވެ. އޭގެތެރޭގައި ސައެންޓިސްޓަކާއި ވިޔަފާރިވެރިއަކު ހިމެނެއެވެ. އެމެރިކާގެ އޭބީސީ ނޫސް އޭޖެންސީ ބުނާގޮތުގައި ހައްޔަރީން ދޫކޮށްލުމުގެ މަސައްކަތުގައި އެތައް ހަފުތާއެއް ހޭދަވާނެއެވެ. އީރާނުން މިހާރު ވަނީ އެ މީހުން ޖަލުން ނެރެ ގޭގައި ބަންދުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *