Support Us

"ކުދިން ތަރުބިއްޔަތު ކުރުމަށް ފަހިމަގެއް" މެޑަމް ފަޒުނާ ނެރެދެއްވައިފި

"ކުދިން ތަރުބިއްޔަތު ކުރުމަށް ފަހިމަގެއް" މިނަމުގައި އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ ފޮތެއް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނެރެދެއްވައިފިއެވެ.

މިއަދު ހެނދުނު ޤައުމީ ކުތުބުޚާނާގައި އޮތް މި ރަސްމިއްޔާތުގައި މެޑަމް ފަޒުނާ ދެއްކެވި ވާހަކަފުޅުގައި މިފޮތުގައި ހިމަނާފައިވާ މަޢުލޫމާތު ޢަމަލީ ގޮތުން ބޭނުން ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެކަމަނާ ވިދާޅުވީ، މި ފޮތަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ފޮތެއް ކަމަށެވެ. އަދި ދަރިންތަރުބިއްޔަތު ކުރުމުގައި ކޮންމެ ދުވަހަކީވެސް ކަންކަން ދަސްކުރަންޖެހޭ ދުވަހެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ފަޒުނާ ވިދާޅުވީ، ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމުކަމަކީ ކުދިންނަށް ނަމޫނާ ދެއްކުން ކަމަށާއި އެކަން ގިނަ ބަޔަކު ޤަބޫލުވެސް ކުރާ ކަމަށެވެ. އަދި ކުދިންނަށް މައިންބަފައިން ދައްކާ ނަމޫނާގައި ކުދިން ނުހިފާ ނަމަވެސް އެކަމަކީ ކުދިންގެ ކިބައިން އުއްމީދު ކަނޑައިލާންވީ ކަމެއް ނޫން ކަމަށާއި، ކުދިންނަށް ނަމޫނާ ދެއްކުމުގައި ބެލެނިވެރިން ދެމި ތިއްބެވުމަކީ ވަރަށް މުހިންމުކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ޓީޗަރެއްގެ ހައިސިއްޔަތުންނާއި މަންމައެއްގެ ހައިސިއްޔަތުން އެކަމަނާގެ ތަޖުރިބާތައްވެސް މިރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކާއި ޙިއްޞާ ކުރައްވާފައެވެ.

ފަޔާޟް ޙަސަން ލިޔުއްވާފައިވާ "ކުދިން ތަރުބިއްޔަތުކުރުމަށް ފަހިމަގެއް" މިފޮތުގައި، ކުދިން ތަރުބިއްޔަތު ކުރުމުގައި ޢަމަލު ކުރެވިދާނެ މުހިއްމު ގޮތްތަކާއި މަޢުލޫމާތު ހިމަނާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *