ގއ. ކޮނޑޭ ކައުންސިލްގެ އައު ޢިމާރާތާއި، ފެނަކަ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި ކޮނޑޭ ކައުންސިލް ޢިމާރާތަކީ، ޖާގަ ތަނަވަސް އަދި ޒަމާނީ، އޮފީސް އިމާރާތެކެވެ. ކޮނޑޭ ކައުންސިލްގެ އައު ޢިމާރާތް ބިނާކޮށްފައި ވަނީ، އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރައްވައިގެންނެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، ކޮނޑޭ ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތްވެސް ހުޅުއްވައި ދެއްވާފައެވެ. ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތަކީ ޖާގަ ތަނަވަސް ޒަމާނީ ޢިމާރާތެކެވެ. އައު އޮފީހުގައި ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 500ކިލޯވޮޓްއެވެ. ކޮނޑޭގައި މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގޭގެ ޢިމާރާތަކީ 21 އަހަރުވީ ޢިމާރާތެކެވެ.



advertisment