ގއ. ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ފެނަކަ އޮފީސް ޢިމާރާތާއި ވޮލީކޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްފައި ވަނީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. އެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓްލިމިޓެޑާއި ޙަވާލުކޮށްގެނެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ކަނޑުހުޅުދޫ، ފެނަކަ އައު އޮފީސް ޢިމާރާތަކީ، 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. ކަނޑުހުޅުދޫގެ އިންޖީނުގެ މީހުން އުޅޭ ސަރަހައްދާއި ދުރުގައި ބިނާކޮށްފައި ވާއިރު، ފެނަކަ އައު އޮފީސް ޢިމާރާތްކޮށްފައި ވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައެވެ.
ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަނޑުހުޅުދޫ ވޮލީ ކޯޓުވެސް މިއަދު ހުޅުއްވައިދެއްވާފައެވެ.



advertisment