Support Us

ކުރޫޒު މިސައިލް އުފެއްދުމުގެ ފަންނިއްޔަތު އީރާނަށް ލިބިފައިވޭ: މީޑިއާ

އަޑަށްވުރެ ބާރަށް ދަތުރުކުރާ ކުރޫޒު މިސައިލް އުފެއްދުމަށް ބޭނުންވާ ފަންނިއްޔަތު އީރާނަށް ލިބިފައިވާ ކަމަށް އީރާނުގެ ރަސްމީ ނޫސް އޭޖެންސީއެއް ކަމުގައިވާ ތަސްނީމު ނޫސް އޭޖެންސީން ބުނެފިއެވެ.

މި ނޫސް އޭޖެންސީން ހާމަކުރި ގޮތުގައި އީރާނުން ދަނީ މި ފަންނިއްޔަތު ތަޖްރިބާކޮށް އަޖުމަބަލަމުންނެވެ. ތަސްނީމު ނޫސް އޭޖެންސީ ބުނާގޮތުގައި މިއީ އީރާނުގައި އުފެއްދި އައު ޖީލެއްގެ ކުރޫޒު މިސައިލެކެވެ. މި ހަތިޔާރު ވަރަށް އަވަހަށް އީރާނުގެ ދިފާޢީ ބާރުގެ ކޮށާރަށް އިތުރުކުރެވިގެންދާނެ ކަމަށް ވެސް ތަސްނީމު ނޫސް އޭޖެންސީން ބުންޏެވެ.

ރޮކެޓުން ހަތިޔާރު އަޅައިފައިވާ ލޯންޗުތައް

މީގެ ކުރިން އީރާނުގެ ޚަބަރާ ބެހޭ ނޫސް އޭޖެންސީތަކުން ހާމަކޮށްފައިވާ ގޮތުގައި އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރުގައި ހިމެނޭ ކަނޑުގެ ބާރުތަކަށް ޑްރޯނާއި އެއް ހާސް ކީލޯމީޓަރުގެ ދުރު ރާސްތާތަކަށް ދަތުރުކުރެވޭވަރުގެ މިސައިލްތައް ވަނީ އިތުރުކޮށްފައެވެ.

އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ކަނޑުގެ ސިފައިންގެ ވެރިޔާ ޢަލީ ރިޒާ ތަންކްސީރީ އީރާނުގެ ޓީވީއަށް ހާމަކުރެއްވި ގޮތުގައި އީރާނުގެ އައު މިސައިލްތަކަކީ ކުރިއަށް ވުރެ މާ ސީދާކޮށް އަމާޒުހިފައިގެން ލަޑުދަނޑިއަށް ވާޞިލުވުމުގެ ބާރު ލިބިފައިވާ ހަތިޔާރުތަކެކެވެ.

އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ އައު މިސައިލްތަކަށް އެއް ވަގުތެއްގައި އެތައް އަމާޒުތަކަކަށް މިހާރު ވާޞިލު ވެވޭނެއެވެ. އަދި އެއިން މިސައިލެއް ވަކި އަމާޒަކަށް ފޮނުވައިލުމަށް ފަހު އެއަށް ދެވޭ އަމުރު ބަދަލުކުރުމުގެ ބާރު ވެސް މިހާރު އަހުރެމެންނަށް ލިބިފައި ވެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *