Support Us

ބްރިކްސް ސަމިޓް ގުޅުންތައް ބަދަހިކުރުން

މި މަހު ދެކުނު އެފްރިކާގެ ޖޮހަނެސްބަރގްގައި ބޭއްވޭ ބްރިކްސް ސަމިޓްގައި މަސައްކަތް ކުރެވޭނީ މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް ވަރުގަދަކުރުމަށް ކަމަށް ދެކުނު އެފްރިކާއިން އިއްޔެ ބުނެފިއެވެ.

މި ދުވަސްވަރަކީ އެމެރިކާއާއި ހުޅަނގާއި ޗައިނާއާއި ރަޝިޔާ މެދުގައި އެފްރިކާއަށް ނުފޫޒު ފޯރުވުމުގެ މައިދާނުގައި ސިޔާސީ ވާދަވެރިކަން އިތުރުވެފައިވާ ދުވަސްވަރެކެވެ. އަދި ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔެ ވަނީ ބައިބައިވެފައެވެ. މީގެއިތުރަށް ބައިނަލްއަޤްވާމީ ބާޒާރަށް ވަނީ ލޮޅުންއަރައި މުދަލާއި ޚިދްމަތުގެ އަގު މައްޗަށް ގޮސްފައެވެ.

މި މަހު 22 ގައި ޖޮހެނަސްބަރގްގައި ބްރެޒީލާއި އިންޑިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާގެ ޒަޢީމުންނާއެކު ރަޝިޔާގެ އެންމެ އިސް ޑިޕްލޮމެޓް ޚާރިޖީ ވަޒީރު ސަރްގީ ލެވްރޯވް ބާއްވަވާ ސަމިޓްގެ ޝިޢާރަކީ "ބްރިކްސްއާއި އެފްރިކާ" އެވެ.

ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރާ ނެލްޑީ ޕެންޑޯރ ނޫސްވެރީންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ. "އަހުރެމެންގެ ސަމިޓަކީ އެފްރިކާއާއެކު ބައިވެރިވުމުން ބްރިކްސްއަށް މަންފާކުރާނެ ކަމެއް ކަމުގައި ދެކެގެން ބޭއްވޭ" ދެ ދުވަހުގެ ބައްދަލުވުމެކެވެ.

ބްރިކްސް އަކީ ހުޅަނގުން ދުނިޔެއަށް ވެރިކުރަމުންދާ އިޤްތިޞާދީ އަތްގަދަކުރުން ތަވާޒުނު ކުރުމަށް ޓަކައި ޤާއިމުކުރެވިފައިވާ ޖަމާޢަތެކެވެ. މި ސަމިޓްގައި އެފްރިކާ ބައްރުގެ އެތައް ޒަޢީމުންނެއް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ބްރިކްސްގެ ޒަޢީމުންގެ ތެރެއިން މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގާއި ބްރެޒީލުގެ ރައީސް ލުވިސް ލޫލާ ޑަ ސިލްވާއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރިންދްރާ މޯދީއާއި ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ އެވެ. މި ސަމިޓްގައި ރަޝިޔާ ތަމްސީލުކުރައްވާނީ ރަޝިޔާގެ ޚާރިޖީ ވަޒީރު ލެވްރޯވެވެ. ރައީސް ޕޫޓިން މި ސަމިޓްގައި ދާދިވަރުކޮށް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ރައީސް ޕޫޓިން ދެކުނު އެފްރިކާއަށް ވަޑައިނުގަންނަވަން ނިންމެވީ ބައިނަލް އަޤްވާމީ ޖިނާއީ ކޯޓުން އޭނާ ހައްޔަރުކުރަން އަމުރުނެރެފައިވާތީއެވ

ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރާ ޕެންޑޯރ ހާމަކުރެއްވި ގޮތުގައި ފަރަންސޭސި ރައީސް މެކަރޯން މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަތެވެ. އެހެނަސް އޭނާއަށް ދަޢުވަތު އެރުވިފައި ނުވާ ކަމަށް ޕެންޑޯރ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *