ދ. ބަނޑިދޫ ފެނަކަ އައު އޮފީސް ޢިމާރާތާއި، އައުޓްޑޯ ޖިމާއި، ވޮލީކޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.
ދ. ބަނޑިދޫ ފެނަކަ އައު އޮފީސް ޢިމާރާތަކީ 30 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ޖާގަ ތަނަވަސް ޢިމާރާތެކެވެ. މި އޮފީސް ޢިމާރާތް ބިނާކޮށްފައި ވަނީ، ރަށުގެ ބަނދަރު ސަރަޙައްދުގައެވެ.
ފެނަކައިން ރަށްރަށުގައި ބިނާކުރާ 29 ވަނަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން ބަނޑިދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމާއި، ވޮލީކޯޓު ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުއްވައިދެއްވާފައެވެ.