ދ. ރިނބުދޫ ބަނދަރު ހުޅުވައިދެއްވައި، އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފާހަގަކޮށްދެއްވައިފިއެވެ.
ރިނބުދޫ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. މި ބަނދަރުގައި، ބޮޑުހިލަ ޖަހައިގެން 367 މީޓަރުގެ ބޭރުތޮށި ލުމާއި 82 މީޓަރުގެ ރިވެޓްމަންޓް ޖަހާފައިވެއެވެ. ރިނބުދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގައި ސަން ސިޔާމް ކެއަރސްއިން އަޅާފައިވާ ޖެޓީވެސް ހުޅުވައިދެއްވާފައެވެ.



advertisment