Support Us

ރާހުލް ގާނދީ އެނބުރި ބަރްލަމާނަށް ވަޑައިގެންފި

އިންޑިޔާގެ އިދިކޮޅު ޒަޢިމު ރާހުލް ގާނދީގެ މައްޗަށް އުފުލައިފައިވާ އަބުރާބެހުމުގެ ޤަޟިއްޔާގައި އޭނާ ކުށްވެރިކޮށްފައިވާ ނިޔާއަށް ޢަމަލުކުރުން ހުއްޓައިލުމަށް އިންޑިޔާގެ ސުޕްރީމު ކޯޓުން މި ދިޔަ ހަފުތާގައި ނިންމުމާ ވިދިގެން ގާނދީ އޭނާގެ ބަރްލަމާނުގެ ގޮނޑިއަށް އިއްޔެ އެނބުރި ވަޑައިގެންފިއެވެ.

އޭނާއަށް އިދިކޮޅު ޖަމާޢަތްތަކުން ވަރަށް ހޫނު މަރްޙަބާއެއް ދެންނެވިއެވެ. އިދިކޮޅުން ބުނާގޮތުގައި މިއީ ޢަދްލުއިންސާފަށް ލިބުނު ނަޞްރެކެވެ.

ޢުމުރުފުޅުން 53 އަހަރުވީ ގާނދީގެ މައްޗަށް ދެ އަހަރުގެ ޖަލު ޙުކުމެއް އިއްވީ ބޮޑުވަޒީރު މޯދީއާ ދެކޮޅަށް 2019ގައި ދެއްވައިފައިވާ ބަޔާނަކީ ބޮޑުވަޒީރު މޯދީއަށާއި އޭނާގެ ޢާއިލާގެ އަބުރާބެހުމެއް ކަމަށް ކޯޓުން ނިންމުމުންނެވެ.

ދެހާސް ނަވާރައިގެ ޢާންމު އިންތިޚާބުގެ ޙަމަލާތަކުގެ ތެރޭގައި ގާނދީ ވިދާޅުވިއެވެ. "ހުރިހާ ވަގުންނަށް މޯދީ ކިޔަނީ ކީއްވެގެން ހެއްޔެވެ؟"

މި މަސްއަލައިގައި ކޯޓުން ބުނިގޮތުގައި އެއީ މޯދީއާއި އޭނާގެ ޢައިލާގެ އަބުރާ ބެހުމެވެ. އިދިކޮޅުން ތުހްމަތު ކުރާ ގޮތުގައި މިއީ އިދިކޮޅު ސިޔާސީ މެންބަރުންގެ އަނގަ ބަންދުކުރުމަށް ބޮޑުވަޒީރު މޯދީ ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ޙުކްމާ ވިދިގެން ގާނދީއަށް އޭނާގެ ބަރްލަމާނުގެ ގޮނޑި ގެއްލިވަޑައިގަތެވެ. އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތް އިންތިޚާބުގައި އޭނާއަށް ކުރިމައްޗެއް ވެސް ނުލެއްވޭނެއެވެ. އިންޑިޔާގެ ޤާނޫނު ބުނާގޮތުގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލައިފައިވާ މީހާ ބަރްލަމާނުގެ ގޮނޑިން މަޙްރޫމު ކުރެވޭނެއެވެ. ގާނދީ އެ މަސްއަލަ ނިވްދިއްލީގެ ސުޕްރީމު ކޯޓުގައި އިސްތިއުނާފު ކުރެއްވުމުގެ ސަބަބުން އޭނާ ޖަލަކަށް ނުލެވެއެވެ.

ރާހުލް ގާނދީ ސުޕްރީމު ކޯޓަށް އޭނާގެ މަސްއަލަ ހުށައަޅުއްވައިފައި ވަނީ 731 ޞަފްޙާގެ ދިގު ބަޔާނެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ދެއްކެވި ވާހަކަފުޅަކީ "ދީމުޤްރާޠީ ސިޔާސީ ޙަރަކާތެއްގެ ތެރޭގައި ހިނގި ކަމެކެވެ. އެހެނަސް އެންމެ ބޮޑެތި ޢުޤޫބާތްތައް ކަނޑައެޅިފައިވާ އަޚްލާޤީ ފަސާދައިގެ ޢަމަލަކަށް އެ ކަން ހަދައިފިއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *