...

Support Us

ދެކުނު ޗައިނާ ކަނޑު ނުތަނަވަސްވެ ޗައިނާއާއި ފިލިޕީންސް އަރާރުމަކަށް

ޗައިނާއާއި ފިލިޕީންސާ ދެމެދުގައި ދެކުނު ޗައިނާ ކަނޑުގައި އަރާރުން އުފެދިފައިވާ ސަރަޙައްދުގައި އޮތް ފިލިޕީންސްގެ މަނަވަރެއް ދުރަށްލުމަށް ޗައިނާގެ ކޯސްޓް ގާޑުން އަމުރުކުރުމާ ވިދިގެން ބޭޖިންގާއި މެނީލާއާ ދެމެދުގައި ނުތަނަވަސްކަން އިތުރުވެއްޖެއެވެ.

މިކަމާ ވިދިގެން މެނީލާގައި ހުންނަވާ ޗައިނާ ސަފީރު ފިލިޕީންސްގެ ޚާރިޖިއްޔާއަށް ގެންގޮސް ފިލިޕީންސްގެ ޙައްޤުތައް ރައްކައުތެރިކުރުމަށް ޓަކައި މެނީލާއިން ފިޔަވަޅު އަޅާނެކަން ވަނީ އަންގައިފައެވެ. 

މި ޚަބަރު ބުނާގޮތުގައި ނަންޝާ ޖަޒީރާތައް ކައިރީގައި އޮތް ފިލިޕީންސްގެ މަނަވަރެއް ދުރަށްލުމަށް ޗައިނާއިން ފިލިޕީންސަށް ނަސޭހަތްތެރިވިއެވެ.

ޗައިނާ ބުނާގޮތުގައި އެ މަނަވަރު ދުރަށް ގެންދަން އެންގީ އެ މަނަވަރު ކައިރިއަށް ފިލިޕީންސްގެ އެހެން އުޅަނދެއް އައުމުންނެވެ. މި އުޅަނދު އައީ ހުއްޓިފައިވާ ފިލިޕީންސްގެ މަނަވަރު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނާއި އެއްޗެހި ހިފައިގެންނެވެ. ޗައިނާ ބުނާގޮތުގައި ހަލާކުވެފައިވާ މަނަވަރު އެތާނގައި އޮންނަތާ 24 އަހަރުވެއްޖެއެވެ. އެ އުޅަނދު މަރާމާތުކުރުމުގެ މަސައްކަތް ކަނޑުގައި ބާއްވައިގެން ކުރުމަކީ ބައިނަލް އަޤްވާމީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ. އެ އުޅަނދު މަރާމާތު ކުރުމުގެ ބަދަލުގައި ފިލިޕީންސަށް ޖެހޭނީ އެ އުޅަނދު އެތަނުން ނަގައިގެން ގެންދާށެވެ. އަދި އެއީ ޗައިނާއާއި އާސިޔަން ޤައުމުތަކާ ދެމެދުގައި އެއްބަސްވެފައިވާ އެއްބަސްވުމާ ވެސް ޚިލާފު ކަމެކެވެ.

ތުހްމަތުތަކާއި ރައްދު

ޗައިނާއިން ތުހްމަތުކުރާ ގޮތުގައި ފިލިޕީންސްގެ ދެ އާގުބޯޓާއި ކޯސްޓް ގާޑުންގެ ދެ އުޅަނދެއް ޗައިނާގެ ހުއްދަ ނުހޯދާ ޗައިނާގެ ނަންޝާ ޖަޒީރާތަކުގެ ތެރޭގައި ހިމެނޭ ރީނާއި ޖަޒީރާގެ ސަރަޙައްދުތެރެއަށް ވަނީ ވަދެފައެވެ. 

މީގެ އެއްދުވަސް ކުރިން ފިލިޕީންސުން ތުހްމަތުކުރި ގޮތުގައި ޗައިނާގެ ކޯސްޓްގާޑުން ވަނީ ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސްގެ ޢަސްކަރީ ލޯންޗަކަށް ފެން ބަޑިން ޙަމަލާދީފައެވެ. ފިލިޕީންސުން ބުނާގޮތުގައި "އެއީ ޙަމަލާދިނުމުގެ ޢަމަލެކެވެ." 

ޗައިނާއިން ދަޢުވާ ކުރާގޮތުގައި ދެކުނު ޗައިނާ ކަނޑަކީ އެ ޤައުމުގެ ސިޔާދަތީ ބާރުގެތެރޭގައިވާ ސަރަޙައްދެކެވެ. ބުރޫނާއިއާއި މެލޭޝިޔާއާއި ފިލިޕީންސާއި ތައިވާނާއި ވިއެޓްނާމު ބުނާގޮތުގައި މި ސަރަހައްދުގައި މި ޤައުމުތަކަށް ވެސް ޙައޤުތަކެއް ލިބިގެން ވެއެވެ. ބައިނަލްއަޤްވާމީ ނިޔާވެރިކަމާބެހޭ ކޯޓުން 2016ގައި ނެރުނު ޙުކުން ބުނާގޮތުގައި ޗައިނާއިން އެދޭ އެދުމަކީ އެއްވެސް އަސާސެއް ނެތް އެދުމެކެވެ. 

މި މަސްއަލައާ ބެހޭގޮތުން ފިލިޕީންސްގެ ރައީސް މާކޮސް ރޮއެޓަރޒަށް ވިދާޅުވިގޮތުގައި ދެކުނު ޗައިނާ ކަނޑުގައި އޮތް އެ ޤައުމުގެ ޙައްޤުތަކާއި ސިޔާދަތު ދިފާޢު ކުރުމަށް އެ ޤައުމުން މަސައްކަތް ކުރާނެއެވެ. 

މި ކަމާ ވިދިގެން އެމެރިކާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއް ބުނާގޮތުގައި ޗައިނާ ކަނޑާ ބެހޭގޮތުން ޗައިނާއިން ދައްކަމުންދާ ބިރުތަކުގެ ސަބަބުން އެ ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ވަނީ ނުރައްކަލަށް ހާސާވެފައެވެ. ވޮޝިންގްޓަނުން މި މަސްއަލައިގައި މެނީލާއަށް ތާއީދުކުރާ ކަމަށާއި ޗައިނާއާ ކުރިމަތިލުމުގައި ވޮޝިންގްޓަނުން ފިލިޕީންސަށް އެހީވާނެ ކަމަށް ބުނެފައިވެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *