Support Us

ޖިއްދާ ބައްދަލުވުމުގައި ބްރިކްސް ބައިވެރިވުމުން ރަޝިޔާ ހިތްހަމަޖެހޭ

ޔުކްރޭނިޔާގެ މަސްއަލައާ ބެހޭ ޖިއްދާ ބައްދަލުވުމުގައި ބްރިކްސްގެ އަސާސީ މެންބަރުން ބައިވެރިވުމުގެ ސަބަބުން ކިޔީވްގެ ސަރުކާރު ދަމަހައްޓާ ހުޅަނގުގެ ވެރިންގެ ވިސްނުމަށް ހެޔޮގޮތް ފެންނާނެ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގީ ރިޔަބިކޯވް ވިދާޅުވެއްޖެއެވެ. 

ރިޔަބިކޯވް (ފޮޓޯގައި) ވިދާޅުވިއެވެ. "ޖިއްދާގެ ބައްދަލުވުމުގައި ބައިވެރިވާ ބްރިކްސްގެ ޤައުމުތަކުގެ ސަބަބުން ކިޔީވް ނިޒާމު ބަލަހައްޓައިދޭ މީހުންގެ ވިސްނުން "ހަމަބުއްދި" އަށް އެޅިގެން ދިޔުމަށް އެހީ ލިބޭނެއެވެ."

އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި ރަޝިޔާއިން އެ ޤައުމުގެ ބައިވެރީންނާއެކު ވާހަކަދެއްކުންތައް މެދުކަނޑައިނުލާ ކުރިއަށް ގެންދާނެއެވެ. 

ރޫސީ ޚާރިޖީވަޒީރުގެ ނައިބު ހާމަކުރެއްވި ގޮތުގައި އޭނާ މާދަމާ ޠަހަރާނަށް ވަޑައިގަންނަވާނެއެވެ. އެއީ ބްރިކްސް ޤައުމުތަކާއެކު އީރާނުގެ ނިޔުކްލިޔަރ ފައިލާބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ. އެއީ ދެ ދުވަހުގެ ބައްދަލުވުމެއް ކަމަށް އޭނާ ހާމަކުރެއްވިއެވެ. 

ޖިއްދާގައި އިއްޔެއާއި މިއަދު ބާއްވަމުންދާ ޔުކްރޭން ޞުލްޙައާ ބެހޭ ބައްދަލުވުމަށް ރަޝިޔާއަކަށް ދަޢުވަތެއް ނުދެވެއެވެ. މި ބައްދަލުވުމުގައި 30 ޤައުމަކުން މަންދޫބުން ބައިވެރިވެއެވެ. މި ޤައުމުތަކުގެ ތެރޭގައި ބްރެޒީލާއި އިނގިރޭސިވިލާތާއި އިންޑިޔާއާއި ޗައިނާއާއި އެމެރިކާއާއި ތުރްކީއާއި ދެކުނު އެފްރިކާއާއި ޔޫރަޕްގެ އިއްތިޙާދު ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *