Support Us

ޖާސޫސީ އިދާރާދެކެ މެކްރޯން ކޯފާވެއްޖެ

ފަރަންސޭސިވިލާތުގެ ބޭރުގެ ޖާސޫސީ ޢަމަލުތަކާ ބެހޭ އިދާރާގެ ވެރިޔާދެކެ ކޯފާވެ ރައީސް މެކަރޯން އޭނާއާ ދެކޮޅަށް ފާޑުވިދާޅުވެއްޖެއެވެ.

މެކަރޯން ވިދާޅުވިގޮތުގައި ނައިޖަރަށް ޢަސްކަރީ އިންޤިލާބެއް ގެންނަން އުޅޭކަމުގެ މަޢުލޫމާތު ބޭރާބެހޭ ފަރަންސޭސި ޖާސޫސީ އިދާރާއަށް ދެނެނުގަނެވުމަކީ އެ އިދާރާ ފޭލްވުމެވެ. އިނގިރޭސިވިލާތުގެ ދަ ޓައިމްސް ދުވަހު ނޫސް ރައީސް މެކަރޯނާ ހަވާލާދީ ބުނިގޮތުގައި ނައިޖަރުގެ ރައީސް މުޙައްމަދު ބާޒޫމް ވައްޓައިލުމަށް އެ ޤައުމުގެ ސިފައިން ރާވަމުންދިޔަކަން ފަރަންސޭސި ޖާސޫސީ އިދާރާއަށް ނިމުތުކުރެވެންޖެހޭނެއެވެ. ރައީސް މެކަރޯން ވިދާޅުވިގޮތުގައި ބޭރާބެހޭ ޖާސޫސީ އިދާރާގެ ޑިރެކްޓަރ ބަރްނާރް އިމިޔޭ އަށް މި ކަން ރާވަމުންދާކަން އެނގިވަޑައިގަންނަވަން ޖެހޭނެއެވެ.

ރައީސް މެކަރޯނަށް ރައްދު ދެއްވަމުން އިމިޔޭ ވިދާޅުވިގޮތުގައި އޭނާ ވާނީ މި ހުސްވި ޖަނަވަރީގައި އެކަމާބެހޭގޮތުން ސރުކާރަށް އިންޒާރެއް ފޮނުވައިފައެވެ. އެހެނަސް ސަރުކާރުން ވަނީ އެކަން ނޭނގޭ ކަމަށް ހަދައިފައެވެ. އިމިޔޭއަކީ އިނގިރޭސިވިލާތުގައި ސަފީރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް މެކަރޯނަށް ޖާސޫސީ އިދާރާގެ ޑިރެކްޓަރުކަމުން އިމިޔޭ ވަކިކުރެއްވިދާނެއެވެ.

މި ދެބޭފުޅުންގެ ދެމެދުގައި އަރާރުން އެންމެ މައްޗަށް ދިޔައީ މި ދިޔަ ހަފުތާގައި ރިޔާސީ ގަނޑުވަރުގައި ބޭއްވި ބައްދަލުވުމުގައެވެ.

ނައިޖަރު ސިފައިން ރައީސް ބާޒޫމުގެ ވެރިކަން ވައްޓައިލުން ޕެރިހަށް ވެގެން ދިޔައީ ވަރަށް ބޮޑު ސިހުމަކަށެވެ. ނައިޖަރުގައި ފަރަންސޭސި ވިލާތުގެ 1500 ސިފައިން ތިއްބާ މިފަދަ އިންޤިލާބެއް ގެނެވިގެން ނުވާނެ ކަމަށް މެކަރޯން ދެކެވަޑައިގަންނަވައެވެ. ނައިޖަރުގައި ގެނައި އިންޤިލާބަކީ ޕެރިހާ ރަޙްމަތްތެރި ނޫން އިންޤިލާބެއް ކަމަށް ޕެރިސް ދެކެއެވެ.

މާލީއަށް 2021ވަނަ އަހަރު ގެނައި އިންޤިލާބާ ދެކޮޅަށް ވެސް ރައީސް މެކަރޯން ވަނީ އިމިޔޭއާ ދެކޮޅަށް ފާޑުވިދާޅުވެފައެވެ. މާލީގެ އިންޤިލާބީ ސަރުކާރަށް ވެގްނަރ ހަނގުރާމަވެރީން ދަނީ އެހީވަމުންނެވެ.

ރައީސް މެކަރޯން ވިދާޅުވިއެވެ. "މާލީއަށްފަހު ނައިޖަރެވެ. މިއީ ވަރަށް ބޮޑު ވަރެކެވެ. ކުރިމަގުގައި ހިނގައިފާނެ ކަންތައްތައް ނިމުތު ނުކުރެވުމަކީ ވަރަށް ބޮޑު މަސްއަލައެކެވެ. ބޭރާ ބެހޭ ޖާސޫސީ އިދާރާގެ މަސައްކަތާމެދު އަހުރެމެން ހިތްހަމައެއް ނުޖެހެއެވެ."

އިމިޔޭ ދިފާޢުގައި ވިދާޅުވިއެވެ. "މި ހުސްވި ޖަނަވަރީގައި ނައިޖަރުގެ ޙާލަތާ ބެހޭގޮތުން ރިޕޯޓެއް ފޮނުވީމެވެ."

ފަރަންސޭސި ވަޒީރަކު Le Canard enchaîné ދުވަހު ނޫހަށް ވިދާޅުވިގޮތުގައި އިމިޔޭގެ އިންޒާރަށް ސަރުކާރުން އަޅައެއް ނުލައެވެ. އަހުރެމެން އެންމެންނަކީ ގަބު ބަޔެކެވެ. ނުވަތަ އިމިޔޭ ގެ ރިޕޯޓު ދޭހަނުވީއެވެ.

ނައިޖަރުގެ އިންޤިލާބާ ވިދިގެން ފަރަންސޭސިވިލާތުން އިއްޔެ ވަނީ އެ ޤައުމުގައި ތިބި ފަރަންސޭސީންނާއި ޔޫރްޕްގެ 1079 މީހަކު ބާލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *