Support Us

ރަޝިޔާއާ ޞުލްޙަވުމާ ބެހޭގޮތުން ޔުކްރޭނުން އެމެރިކާއާ ވާހަކަދައްކަނީ

ކިޔީވަށް ބޭނުންވާ އެމެރިކާގެ ސަލާމަތީ ޖާމިނުވުންތަކާ ބެހޭގޮތުން މި އަންނަ ހަފުތާގައި އެމެރިކާއާއި ޔުކްރޭނާ ދެމެދުގައި ބޭއްވޭ ވާހަކަދެއްކުންތަކުގެ ސަބަބުން ޔުކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބޭނުންވާ ޞުލްޙައިގެ މުޢާހަދާއަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށް ރަޝިޔާގެ ދެ ދާރިސަކު ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ދުވަހުނޫސް ޕްރަވްޑާއަށް ރަޝިޔާގެ ޢަސްކަރީ ތަޖްރިބާކާރެއް ކަމުގައިވާ ރިޓަޔަރޑް ކަރނަލް އެނަޓޮލީ މެތުވިޗޮކް ދެއްވި ބަޔާނެއް ބުނާގޮތުގައި ސަލާމަތީ ޖާމިނުވުންތަކާ ބެހޭ މަޝްވަރާ ބައްދަލުވުން ވެގެންދާނީ ޞުލްޙައާ ދިމާއަށް އެޅޭ ފިޔަވަޅަކަށެވެ. އޭނާ ވިދާޅުވިގޮތުގައި މި އަންނަ ހަފުތާގައި ސަލާމަތީ ޖާމިނުވުންތަކާ ބެހޭގޮތުން ވާހަކަދެއްކުންތައް ފެށުމަށް ހަމަޖެހުމުން އެނގެނީ ޞުލްޙައިގެ އެއްބަސްވުމަކަށް ދާން ކިޔީވަށް މަޖުބޫރުވެފައިވާކަމެވެ. މި މުޢާހަދާ އަގުކުރުމާއި ހުރަސްކޮށް ގިރާނުކުރެވޭނެ ރަތް ރޮނގުތައް ކަނޑައެޅުމުގެ ވަގުތު ޖެހިއްޖެ ކަން ރައީސް ޒިލެންސްކީއަށް ވަނީ ޤަބޫލުކުރައްވަން ޖެހިވަޑައިގަތްފައެވެ.

ޔުކްރޭންގެ ރިޔާސީ އޮފީހުގެ ޑިރެކްޓަރ އެންޑްރޭ ޔަރްމަކް ހާމަކުރެއްވި ގޮތުގައި ޔުކްރޭނަށް ބޭނުންވާ ސަލާމަތީ ޖާމިނުވުންތައް އެމެރިކާއިން ދިނުމާބެހޭގޮތުން މި އަންނަ ހަފުތާގައި އެމެރިކާއާއެކު މަޝްވަރާތައް ފެށޭނެއެވެ. މިއީ ޔުކްރޭން ނޭޓޯއަށް ވަދެވެންދެން އެމެރިކާއިން ދޭ ޖާމިނުވުންތަކެކެވެ. އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައިވާ ގޮތުގައި ޔުކްރޭނަށް ޖާމިނުވުން ދިނުމުގައި ހަތް ޤައުމުގެ ޖަމާޢަތުގެ އިތުރަށް 10 ޤައުމަކުން މި ކަމުގައި ބައިވެރިވާނެއެވެ.މި ޖާމިނުވުންތަކަކީ "ދިގުމުއްދަތަކަށް ދެވޭ" ޖާމިނުވުމެކެވެ.

ރަޝިޔާގެ ރިޓަޔަރޑް ކަރނަލް އެނަޓޮލީ މެތުވިޗޮކް ވިދާޅުވާގޮތުގައި ހުޅަނގުގެ މީޑިޔާތައް ބުނާގޮތުގައި ޒިލެންސްކީގެ ސިޔާސަތާމެދު ހުޅަނގު ހިތްހަމައެއް ނުޖެހެއެވެ. ހުޅަނގުން ޒިލެންސްކީއަށް ގޮވައިލަނީ ޔުކްރޭންގެ ޤާބިލްކަން ސާފުކޮށް ހާމަކުރެއްވުމަށެވެ.އޭނާ ވިދާޅުވިގޮތުގައި ބައެއް ސަރަޙައްދުތަކުގައި ހަނގުރާމަ ކުރެވޭނީ ހަތިޔާރަކުން ނޫނެވެ. އެހެނަސް ޑިޕްލޮމެޓިކް ވަސީލަތްތަކުންނެވެ. އޭގެތެރޭގައި ކްރިމިޔާ ސަރަޙައްދު ހިމެނެއެވެ.

ރޫސީ ސަލާމަތާބެހޭ ތަޖްރިބާކާރެއް ކަމުގައިވާ އީގޯރު ގްރެސިމޯވް ރުސީ ދުވަހު ނޫސް ޕްރަވްޑާއަށް ވިދާޅުވިގޮތުގައި ވޮޝިންގްޓަނާއި ކިޔީވާ ދެމެދުގައި މިއަންނަ ހަފުތާގައި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހުމުން އެނގެނީ ޔުކްރޭންގެ އިދިކޮޅު ޙަމަލާ އެމީހުން އެދޭގޮތަށް ކުރިއަށް ނުދާކަމެވެ. ސަލާމަތީ ޖާމިނުވުން ހޯދުމަށް ގޮވައިލާ ބަހާއަކީ އިދިކޮޅު ޙަމަލާ ނާކާމިޔާބުވުމެވެ.

ގްރެސިމޯވް ވިދާޅުވާ ގޮތުގައި ވާހަކަދެއްކުންތަކާއި ޖާމިނުވުންތަކަކީ "އެހާ ވަޢުދުވެރި" ނަތިޖާއެއް ހިމެނޭ ކަންތައްތަކެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި އެމެރިކާ މެދުވެރިވެގެން ވާހަކަދައްކަން މޮސްކޯއަށް ބޭނުމެއް ނުވެއެވެ. އެމެރިކާއާއި ޔުކްރޭނާ ދެމެދުގައި ބޭއްވޭ ވާހަކަދެއްކުންތަކުގެ ސަބަބުން ރަޝިޔާގެ ޢަސްކަރީ ޚާއްޞަ ޙަމަލާތަކަށް އެއްވެސް އަސަރެއް ނުފޯރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *