Support Us

ރަޝިޔާއާ ދެކޮޅަށް ޙަރަކާތްތެރިވުމުން ވާވީ ޔުކްރޭން

ގޮވާމާބެހޭ އެއްބަސްވުމަށް ޢަމަލުކުރުން ރަޝިޔާއިން ހުއްޓައިލައި ކަޅު ކަނޑު ހުރަސްކޮށް ޔުކްރޭންގެ ގޮވާން ބޭރުކުރުން  ރަޝިޔާއިން މަނާކުރުމުން އެކަމަށް ކޮމެންޓްކޮށް ބްލޫމްބަރގް ބުނިގޮތުގައި މޮސްކޯގެ މި ފިޔަވަޅުގެ ސަބަބުން ކިޔީވަށް އެ ޤައުމުގެ ގޮވާން ވިއްކުމުގެ މަގު ބަންދުވެއްޖެއެވެ. އެ ކަމުގެ ސަބަބުން ޔުކްރޭނަށް ބަނޑުފުރާނަ މުއްތިކުރެވޭނީ ކިހިނެއްބާވައޭ ބްލޫމްބަރގުން ސުވާލު އުފެއްދިއެވެ. ބްލޫމްބަރގް ބުނިގޮތުގައި މި ކަމުގެ ސަބަބުން ޔުކްރޭންގެ ދަނޑުވެރީންނަށް ގޮވާމުގެ ދަނޑުވެރިކަން ކުރުމުގެ ފުރްޞަތު ހަނިވެގެން ހިނގައްޖެއެވެ. އެއީ ގޮވާން ބާޒާރަށް ވިއްކުން ފައިދާލިބެނިވި މަސައްކަތަކަށް ވުމަށް ހުރަސްއެޅިގެން ދިޔުމުންނެވެ.

ބްލޫމްބަރގް ބުނިގޮތުގައި ޔުކްރޭންގެ ދަނޑުވެރިން ހައްދާ ގޮވާންތައް ގުދަންކުރުމުގެ މަސްއަލައަކީ ވެސް ބޮޑު މަސްއަލައެކެވެ. މިހާރު ގުދަނުގައިހުރި ގޮވާންތައް ޑެނޫބް ކޯރު ހުރަސްކޮށް ނަޤްލުކުރުމަކީ ވެސް ވަރަށް ޚަރަދު ބޮޑު ކަމެއް ކަމަށް މި އޭޖެންސީ ބުންޏެވެ. ރަޝިޔާއިން ކަޅު ކަނޑުގެ އަމާން މަގު ބަންދުކުރުމުން ގުދަންކުރެވޭ ގޮވާންތައް ހަލާކުވުމަކީ ވެސް ވަރަށް ކައިރީގައި އޮތް ކަމެކެވެ. މި އޭޖެންސީ ބުނާގޮތުގައި ޑެނޫބް ކޯރުގެ މަގަކީ ރަނގަޅު ބަދީލެއް ނޫނެވެ. އެ މަގުން ގޮވާން ނަޤްލު ކުރާނަމަ މިހާރު  ގުދަނުގައި ހުރި ގޮވާންތައް 2024ގައި ނޫނީ ބޭރެއް ނުކުރެވޭނެއެވެ.  

ބްލޫމްބަރގް ޔުކްރޭންގެ HarvEast ކުންފުނީގެ އެގްޒެކެޓިވް ޑރެކްޓަރާ ޙަވާލީ ބުނިގޮތުގައި ލޮޖިސްޓިކް ޚިދްމަތަށާއި ގޮވާންކޮށްގެން ލިބޭ މިންވަރަށާއި ބާޒާރަށް ގޮވާންވިއްކައިގެން ލިބޭ އެއްޗަކުން ޔުކްރޭނަށް އެއްވެސް ފައިދާއެއް ނުލިބޭނެއެވެ. 

ގޮވާމާބެހޭ ސްޓްރާޓެޖީޒް ގްރީންސް ކުންފުނީގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ ހެލެން ޑޮވްލޯ ވިދާޅުވާގޮތުގައި  މިއަދުގެ ޙާލަތަށް ބަލާއިރު ބައިނަލްއަޤްވާމީ ބާޒާރުގައި ގޮވާމުގެ އަގު ކަނޑައަޅާ ފަރާތަކަށް ވާނީ މޮސްކޯއެވެ.

ތުރްކީއާއި އދ މެދުވެރިވެގެން ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުމެއްގައި ރަޝިޔާއާއި ޔުކްރޭން ސޮއި ކުރި މުޢާހަދާއަށް އެއް އަހަރުވީ އިރުވެސް ރަޝިޔާގެ ގޮވާމާއި ކާދާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ބޭރުކުރުމަށް އެމެރިކާއާއި ހުޅަނގުން ވަނީ ހުރަސްއަޅައިފައެވެ. އެއް އަހަރު ޔުކްރޭނަށް ގޮވާން ބޭރުކުރުމަށް ފުރްޞަތު ދިނުމަށް ފަހު ރަޝިޔާއިން މި އެއްބަސްވުމަށް ޢަމަލުކުރުން ވަނީ ހުއްޓައިލައިފައެވެ. މޮސްކޯ ބުނާގޮތުގައި އެއްބަސްވުމަކީ ދެ ފަރާތް ހިމެނޭ ކަމެކެވެ. ޔުކްރޭނާ ބެހޭ މާއްދާތަކަށް ޢަމަލުކޮށްފައި ރަޝިޔާއާ ބެހޭ މާއްދާތަކަށް ޢަމަލުކުރުމަށް ހުރަސް އަޅަމުންދާއިރު ރަޝިޔާއަށް ހިމޭނަކުން ނޯވެވޭނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *