Support Us

ޔުކްރޭން ހަނގުރާމަ ފެށުނީ ނޭޓޯއާ ހެދި: ޗައިނާ

ޔުކްރޭން މަސްއަލަ ނުބައިވެ ބޮޑު ހަނގުރާމައަކަށް ފުރޮޅިގެން ދިޔައީ ނޭޓޯގެ ސަބަބުން ކަމަށް ޗައިނާއިން ތުހްމަތުކޮށްފިއެވެ.

ރަޝިޔާގައި ހުންނަވާ ޗައިނާ ސަފީރު ޒަންގް ހަންވީ ރަޝިޔާގެ ޓާސް ނޫސް އޭޖެންސީއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ދުނިޔޭގެ އެތަން މިތާނގައި ގަނޑުބަޑުތައް އުފެއްދުމަށް ނޭޓޯ އިން 30 އަހަރު މަސައްކަތްކޮށްފައި ވެއެވެ. 

އޭނާ ތުހްމަތުކުރެއްވި ގޮތުގައި ކޮސޯވޯއާއި ލީބިޔާއާއި އަފްޣާނިސްތާނުގައި ކަންތައްތައް ހިނގައިފައިވާ ގޮތަށް ބަލާއިރު ނޭޓޯއަކީ ހަމަނުޖެހުންތައް އުފައްދާ ޖަމާޢަތެކެވެ. އޭނާ ވިދާޅުވިގޮތުގައި މި ޖަމާޢަތުން ހިތްވަރުދެނީ ޤައުމުތައް ބައިބައިކޮށް ފަޅިކުރުމަށެވެ. 

ޗައިނާގެ ސަފީރު ވިދާޅުވިގޮތުގައި ނޭޓޯ ވަނީ އިރުމަތީފަރާތަށް ފަސް ފަހަރަށް އިތުރަށް ފުޅައުކޮށްފައެވެ. މި ކަމުގެ ސަބަބުން ޔޫރަޕްގެ އަމްނަށާއި ފިނިހަނގުރާމަ ނިމުމުން ޤާއިމުވި ބައިނަލްއަޤްވާމީ ނިޒާމަށް ވަރަށް ނުބައި އަސަރުތަކެއް ކުރިއެވެ. ޔުކްރޭން ހަނގުރާމައިގެ އެންމެ ބޮޑު ސަބަބަކީ ނޭޓޯ ރަޝިޔާއާވީ ފަރާތަށް ފުޅައުކޮށް ރަޝިޔާ ޙިޞާރުކުރެވޭ ހިސަބަށް  ދިޔުންކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ. 

ރަޝިޔާގައި ހުންނަވާ ޗައިނާ ސަފީރު ވިދާޅުވިގޮތުގައި ނޭޓޯއަކީ ފިނިހަނގުރާމައިގެ ސަބަބުން ޤާއިމުވި ޖަމާޢަތެކެވެ. އެހެންކަމުން ފިނިހަނގުރާމަ ނިމުމުން މި ޖަމާޢަތް އުވިގެންދާން ޖެހޭނެއެވެ. އެހެނަސް ނޭޓޯ ދިޔައީ އިތުރަށް ފުޅައުވެ އާރޯވަމުންނެވެ. ދުނިޔޭގައި ހަގުރާމައިގެ ހުޅުގަނޑުތައް ރޯކުރަމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *