Support Us

ޑެންމާކްގައި ތުރްކީ އެންބަސީ ކުރިމަތީގައި މުޞްޙަފެއް އަންދައިލައިފި

ޑެންމާކްގައި ހުންނަ ތުރްކީ އެންބަސީ ކުރިމަތީގައި ރޭ މުޞްޙަފެއް އަނެއްކާ ވެސް އަންދައިލައިފިއެވެ.

މި ކަން ކުރީ ޑެންމާރކްގެ ފުލުހުން ހުއްދަދީގެން ޑެންމާރކްގެ ކަނާތު ފިޔައިގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ "ޑެންމާކްގެ ވަޠަނީ މީހުން"ގެ ޕާޓިންނެވެ. މި  ޕާޓީއަކީ އިސްލާމްދީނަށް ޢަދާވަތްތރި ޤައުމީ ޕާޓީއެކެވެ. މި ޕާޓީން ވަނީ މީގެ ކުރިން ވެސް މުޞްޙަފުގެ ކޮޕީތައް އަންދައި އިސްލާމްދީނަށާއި އެ ދީނުގެ ނަބިއްޔާއަށް ފުރައްސާރަކޮށްފައެވެ.

އަނާޟޫލް ނޫސްއޭޖެންސީ ބުނާގޮތުގައި މިބައިމީހުން ކޮޕެންހޭގަންގައި ހުންނަ ތުރްކީ އެންބަސީ ކުރިމަތީގައި މުޞްޙަފު އެންދީ އިސްލާމްދީނަށް ފުރައްސާރަކުރަމުންނެވެ. އެމީހުން ތުރކީގެ މުދާތައް ބޮއިކަޓުކުރުމަށް ވެސް ގޮވައިލިއެވެ. މި ޕާޓީގެ މެންބަރުންތަކެއް މި ހަޑިހުތުރު ޢަމަލު ހިންގީ ޑެންމާރކް ފުލުހުންގެ ޙިމާޔަތާއި ރައްކައުތެރިކަން ލިބިގެންނެވެ.

ތުރްކީގެ ޚާރިޖީ ވަޒީރު ފީދާން މި ކަމާބެހޭގޮތުން ޑެންމާރކްގެ ޚާރިޖީ ވަޒީރު ރަސްމުސަނާ ފޯނުން ގުޅުއްވާ ޑެންމާރކްގައި މެދުކެނޑުމެއްނެތި ހިންގަމުންގެންދާ ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުމާއި ފުރައްސާރަކުރުމުގެ ޢަމަލުތައް ކުށްވެރި ކުރެއްވިއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ކިޔައިފައި މިފަދަ ޢަމަލުތައް ކުރަން ސަރުކާރުން ހުއްދަދީގެން ނުވާނެ ކަމަށް ފީދާން ވިދާޅުވިއެވެ. 

ތުރްކީގެ  ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި ޔޫރަޕްގައި އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް މިހާރު ވަނީ ރޯގާއަކަށް ބަދަލުވެފައެވެ. 

ސްވިޑްނާއި ޑެންމާކްގައި ހިންގަމުންދާ މުޞްޙަފު އެންދުމާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުގެ ޢަމަލުތައް އިސްލާމީ ޤައުމުތަކުން ދަނީ ކުށްވެރިކުރަމުންނެވެ. ސްވިޑްނާއި ޑެންމާކާ ދެކޮޅަށް އިސްލާމީ ބޮޑެތި ޤައުމުތަކުގައި ވަނީ މުޒާހަރާތައް ވެސް ކޮށްފައެވެ. 

އދ އިންނާއި އިންސާނީ ޙައްޤުތަކާ ބެހޭ އދގެ މަޖިލީހުން ވެސް ވަނީ މި ކަން ކުށްވެރިކޮށްފައެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *