ށ. ފީވަކާއި ފޭދޫ ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުވައިދެއްވި ފީވަކު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އެމް.ޓީ.ސީ.ސީންނެވެ.
ފީވަކު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުންކުރުމާއި ބޭރުތޮށި ޖެހުމާއި ރިވެޓްމެންޓް ޖެހުމާއި އެއްގަމުތޮށި ޖެހުން އަދި ޕޭވްމަންޓާއި ބަނދަރުބައްތިފަދަ ބަނދަރާ ގުޅޭ އެކި މަސައްކަތްތައް ކޮށްފައިވެއެވެ.



advertisment