Support Us

ޔުކްރޭނުން ރަޝިޔާއަށް ޑްރޯން ޙަމަލާތަކެއް ދީފި

ޔުކްރޭނުން މޮސްކޯގެ މެދުތެރެއަށާއި ރަޝިޔާގެ ކަނޑުގެ ބާރުގައި ހިމެނޭ ދެ އުޅަނދަކަށް އަމާޒުކޮށް ޑްރޯން ޙަމަލާތަކެއް މިއަދު ދީފިއެވެ.

ރަޝިޔާއިން ބުނާގޮތުގައި މި ހުރިހާ ޙަމަލާތަކެއް ވަނީ އަމާޒަށް ވާޞިލްނުވަނީސް ވައްޓައިލައިފައެވެ. މީގެ ތެރެއިން ޑްރޯނެއް މޮސްކޯގެ އުސް ޢިމާރާތެއްގައި ޖެހުނު ކަމަށް މޮސްކޯއިން ބުންޏެވެ.

މި ދިޔަ ހަފުތާގައި ވެސް ޔުކްރޭނުން މި ޢިމާރާތަށް އަމާޒުކޮށް ޑްރޯން ޙަމަލާއެއް ދެވޭތޯ މަސައްކަތްކޮށްފައި ވެއެވެ.

ރޫސީ ދިފާޢީ ވުޒާރާގެ ޓެލެގްރާމުގައި އައިސްފައިވެއެވެ. "މޮސްކޯއާއި މޮސްކޯގެ ވަށައިގެންވާ ސަރަޙައްދުތަކަށް ޔުކްރޭނުން ރޭ ދޭން މަސައްކަތްކުރި ޑްރޯން ޙަމަލާތައް ވަނީ ނާކާމިޔާބުކޮށްލައިފައެވެ." މި ބަޔާން ބުނާގޮތުގައި އިލެކްޓްރޯނިކް ވަސީލަތްތަކުން ބާރު ކަނޑުވައިލި ޑްރޯނެއް ވެއްޓިފައި ވަނީ މޮސްކޯ ސިޓީގެ އަވަށަކަށެވެ.

މޮސްކޯގެ މެޔަރ ވިދާޅުވިގޮތުގައި މި ޑްރޯންތަކުން އެއް ޑްރޯން އަމާޒުން ކައްސައިލައިގެން ގޮސް ޖެހުނީ މޮސްކޯ ޓަވަރުގައެވެ. މި ޓަވަރުގެ 21ވަނަ ބުރީގެ ބައެއް ބިއްލޫރުތައް ތަޅައިގެންގޮސް 150 އަކަމީޓަރުގެ ސަރަޙައްދަކަށް ބުރަބުރައިގެންދިޔަ ކަމަށް މޮސްކޯގެ މެޔަރ އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައި ވެއެވެ.

އިއްޔެ ރަޝިޔާއިން ބުނިގޮތުގައި ޔުކްރޭންގެ ޑްރޯން ޙަމަލާތަކުގެ ސަބަބުން މޮސްކޯ ސިޓީގެ އަވަށެއްގެ ދެ ޓަވަރަކަށް ކުޑަކޮށް ގެއްލުން ލިބުނެވެ.

ކަނޑުގެ ޙަމަލާ

ރަޝިޔާގެ ނޫސް އޭޖެންސީއެއް ކަމުގައިވާ ޓާސް ރަޝިޔާގެ ދިފާޢީ ވުޒާރާއާ ޙަވާލާދީ ބުނިގޮތުގައި ޔުކްރޭންގެ ތިން ބޮއްކުރާ ޑްރޯނުން ރަޝިޔާގެ ކަނޑުގެ ބާރުގައި ހިމެނޭ ދެ އުޅަނދަކަށް ޙަމަލާދިނުމަށް މަސައްކަތް ކުރިއެވެ. މި ދެ އުޅަނދު އޮތީ ސިވާސްޓިޕޯލާ ހުޅަނގު ދެކުނުން 340 ކީލޯމީޓަރު ދުރުގައެވެ. ރަޝިޔާއިން ވަގުތުން ޙަމަލާދީ އެ ތިން ޑްރޯން ވަނީ ހަލާކުކޮށްލައިފައެވެ. ޓާސް ބުނާގޮތުގައި ރަޝިޔާގެ ޢަސްކަރި ދެ އުޅަނދު އުޅުނީ ކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ފާރަލުމުގެ ފޯރިމެރުމެއްގައެވެ. ކަޅު ކަނޑުގައި ދަތުރުކުރާ ރަޝިޔާގެ އުޅަނދުތަކަށް ޙަމަލާ ދެވޭތޯ ޔުކްރޭނުން ދަނީ ކަނޑާއި ވައިގެ ޑްރޯންތަކުން މަސައްކަތް ކުރަމުންނެވެ. ގޮވާމާ ބެހޭ އެއްބަސްވުމުން ރަޝިޔާ ވަކިވުމާ ވިދިގެން މި ސަރަޙައްދަކީ ވަރަށް ނުތަނަވަސް ސަރަޙައްދެކެވެ. މޮސްކޯއާއި ކިޔީވުން އިންޒާރުދޭ ގޮތުގައި ދުޝްމަނުންގެ ފަޅިއަށް ދާ އުޅަނދުތަކަށް އެ މީހުން ޙަމަލާދޭނެއެވެ.

ޒިލެންސްކީގެ އުފަން ރަށަށް ޙަމަލާއެއް

އަނެއްކޮޅުން ޔުކްރޭނުން ބުނާގޮތުގައި ރައީސް ޒިލެންސްކީގެ އުފަން ރަށަށް ރަޝިޔާ ސިފައިން މިއަދު ހެނދުނު މިސައިލުން ޙަމަލާތަކެއް ދީފިއެވެ. މީގެ ތެރެއިން އެއް މިސައިލް އެ ރަށުގެ ޢިމާރާތަކަށް ވެއްޓުމުގެ ސަބަބުން އެ ޢިމާރާތް އެކަށް ހަލާކުވިއެވެ. މި ޙަމަލާގެ ސަބަބުން ހަ މީހުން މަރުވެ 75 މީހުން ޒަޚަމުވިއެވެ. ރަޝިޔާއިން އެއްބަސްވާ ގޮތުގައި މޮސްކޯއިން ދަނީ ރަޝިޔާއަށް ނިރުބަވެރި ޙަމަލާތައް ދޭ ތަންތަނަށް ޙަމަލާދިނުން އިތުރުކުރަމުންނެވެ.

ޔުކްރޭނުން ޑޮނެޓްސްކް ސަރަހައްދަށް އިއްޔެ ދިން ޙަމަލާއެއްގައި ހަތަރު މީހަކު މަރުވެ 10 މީހަކު ޒަޚަމުވިއެވެ. ޔުކްރޭނުން ޒަބަރޯޖިޔާއާއަށް ދިން ޙަމަލާއެއްގައި ވަނީ އެކަކު މަރުވެ 15 މީހަކު ޒަޚަމުވެފައެވެ.

އިނގިރޭސި ޖާސޫސީ އިދާރާ ބުނާގޮތުގައި ޔުކްރޭންގައި އެންމެ ގަދައަށް މިހާރު ހަނގުރާމަ ހިނގަމުން ދަނީ ދެކުނު ޔުކްރޭނުގެ ދެ ހިސާބެއްގައެވެ. ޔުކްރޭން ސިފައިން އެންމެ ގަދައަށް ޙަމަލާދެމުން ދަނީ އޮރީޚެވްގެ ދެކުނުގައެވެ. ޔުކްރޭންގެ އަމާޒަކީ އެތާނގައި ތިބި ރަޝިޔާ ލަޝްކަރުގެ ސީއޭއޭ 58 ވަނަ ފައުޖެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *