Support Us

ނައިޖަރުން ފަރަންސޭސިވިލާތަށް ޔޫރޭނިއަމާއި ރަން ވިއްކުން ހުއްޓައިލައިފި

ނައިޖަރުން ފަރަންސޭސިވިލާތަށް ޔޫރޭނިއަމާއި ރަން ވިއްކުން ހުއްޓައިލައިފިއެވެ. ފަރަންސޭސިވިލާތުގައި ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ނިޔުކްލިއަރ އިސްޓޭޝަންތަކަށް ބޭނުންވާ ޔޫރޭނިޔަމް ފޯރުކޮށްދޭ މުހިއްމު މަޞްދަރުތަކުގެ ތެރޭގައި ނައިޖަރ ހިމެނެއެވެ. 

ބީބީސީ ބުނާގޮތުގައި ނައިޖަރަކީ ދުނިޔޭގައި ޔޫރޭނިއަމް އެންމެ ގިނައިން އުފައްދާ ހަތްވަނަ ޤައުމެވެ. ފަރަންސޭސިވިލާތުގެ މީޑިޔާތައް ބުނާގޮތުގައި ފަރަންސޭސިވިލާތަށް ބޭނުންވާ ޔޫރޭނިޔަމްގެ 17% އެތެރެކުރަނީ ނައިޖަރުންނެވެ. 

އަނެއްކޮޅުން ފަރަންސޭސި ޚާރިޖިއްޔާ ބުނާގޮތުގައި ނައިޖަރުގައި ތިބި ފަރަންސޭސި ރައްޔިތުންނާއި ޔޫރަޕްގެ ރައްޔިތުން ބޭލުމުގެ މަސައްކަތް މިއަދު ފަށާނެއެވެ.

ނައިޖަރުގައި މި ދިޔަ ހަފުތާގައި ސިފައިން ގެނައި އިންޤިލާބަކީ ފަރަންސޭސިވިލާތުގެ ރައީސް މެކަރޯނާ ވަރަށް އިދިކޮޅު އިންޤިލާބެއް ކަމަށް ދަނީ ފެންނަމުންނެވެ. މި އިންޤިލާބަށް ތާއީދުކޮށް ވެރިރަށް ނިޔާމީގައި ބޭއްވި މުޒާހަރާގައި ވަނީ ފަރަންސޭސި އެންބަސީއަށް ޙަމަލާދީފައެވެ. ނައިޖަރުގެ މިހާރުގެ ސަރުކާރުން ބުނާގޮތުގައި މި އެންބެސީން ވަނީ މުޒާހަރާކުރި މީހުންގެ ގަޔަށް ބަޑިޖަހާ އެތައް ބަޔަކު ޒަޚަމުކޮށްލައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *