Support Us

ކީރިތި ޤުރްއާނަށް އިހާނެތިކޮށްހިތާ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާމެދު ވިސްނަނީ

ކީރިތި ޤުރްއާނުގެ ކޮޕީތައް އަންދައި ޤައުމުތަކާއެކު އޮތް ގުޅުން މުރާޖަޢާކުރާން ޖެހިދާނެ ކަމަށް އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން ކަށަވަރުކޮށްދީފިއެވެ. މި ޖަމްޢިއްޔާއިން އެކަން ކަށަވަރުކޮށްދިނީ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ޖިއްދާގައި އިއްޔެ ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައި ނެރުއްވި ޤަރާރުގައެވެ.

މި ބޭފުޅުން ނެރުއްވި ޤާރާރު ބުނާގޮތުގައި ސްވިޑްނާއި ޑެންމާކްގައި ތަކްރާރުކޮށް މުޞްޙަފުތައް އަންދާއެންދުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. މިކަމާމެދު މަޝްވަރާކުރުމަށް ޓަކައި "މި ދެ ޤައުމުގެ ސަފީރުން ޚާރިޖިއްޔާއަށް ގެނައުމަށް" ވެސް އެބޭފުޅުން ފާސްކުރެއްވިއެވެ. އަދި މިކަމާ ދެކޮޅަށް އިޤްތިޞާދީ އަދި ސަޤާފީ ފެންވަރުގައި ފިޔަވަޅުއެޅުމާމެދު ވިސްނާނެ ކަމަށް ވެސް މި ބަޔާން ބުންޏެވެ. ސްވިޑްނާއި ޑެންމާކްގައި މުޞްޙަފު އެންދުމާ ވިދިގެން އެކަން ކުށްވެރިކޮށް އިސްލާމީ ޤައުމުތަކުން އަޅައިފައިވާ ފިޔަވަޅުތަކަށް އިސްލާމީ ޚާރިޖީ ވަޒީރުން ތާއީދުކުރެއްވިއެވެ.

އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގައި ސްވިޑްން ތަމްސީލުކުރައްވާ ޚާއްޞަ މަންދޫބުގެ މަސައްކަތްތައް ވަގުތީގޮތުން ހުއްޓުވައިލުމަށް އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ އަމީން ޢާންމު ކަނޑައެޅުއްވި ޤަރާރަށް ވެސް އިސްލާމީ ޚާރިޖީ ވަޒީރުން ތާއީދު ކުރެއްވިއެވެ. މި ޤަރާރު އޭނާ ކަނޑައަޅުއްވައިފައި ވަނީ މި ހުސްވި ޖުލައި މަހުގެ ދެ ވަނަ ދުވަހުއެވެ.

މި މަސްއަލައާ ގުޅޭގޮތުން ވަރލްޑް އިސްލާމިކް ލީގްގެ އަމީންޢާންމު ޑރ. މުޙައްދުލް ޢީސާ ވަނީ ސްވިޑްނާއި ޑެންމާކްގައި ހައްދުފަހަނަޅައިފައިވާ ބަޔަކު މުޞްޙަފު އަންދަމުންދާ ދިޔުން ކުށްވެރިކުރައްވައިފައެވެ. އޭނާ އައްޝަރްޤުލްއައުސަޠު ދުވަހު ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނީ އުޞޫލުތަކާއި ޤިޔަމުތަކުގެ ގިއުގަނޑުގެތެރޭގައެވެ. އޭނާ ވިދާޅުވިގޮތުގައި މުޞްޙަފު އެންދުމަށް ސްވިޑްނާއި ޑެންމާރކުން މި ދޭ ހުއްދަތަކަކީ ޢަދާވަތްތެރިކަމާއި ނަފްރަތްތެރިކަމުގެ ހުޅުގަނޑު ރޯކުރާނެ" ޢަމަލުތަކެކެވެ.

ޑރ. އަލްޢީސާ ވިދާޅުވިއެވެ. "މިނިވަންކަން ޙިމާޔަތްކުރާ ޤައުމުތައްކަމަށް ފަޚްރުވެރިވާ ޤައުމުތަކުގައި ހިނަގަމުންދާ ހަތުރުވެރިކަމާއި ނަފްރަތްތެރިކަމުގެ ހުޅު ރޯކުރާ ޖަރީމާތަކަކީ ޙަޤީޤީ މިނިވަންކަމެއް ނޫނެވެ. އެހެނަސް އެއީ ގަޑުބަޑު މިނިވަންކަމެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *