Support Us

ރަޝިޔާދެކެ ރުޅިއައިސްގެން ޔުކްރޭނުން ކްރިސްމަސް 25 ޑިސެންބަރަށް ބަދަލުކޮށްފި

ޔުކްރޭނުގައި ޢީސާގެފާނުގެ ޢީދު މީލާދު (ކްރިސްމަސް) ރަސްމީކޮށް ފާހަގަކުރާ ދުވަސް ހަތެއް ޖަނަވަރީން 25 ޑިސެންބަރަށް ބަދަލުކޮށްފިއެވެ. މި ގޮތަށް ނިންމީ ޔުކްރޭނުގެ ބަރްލަމާނުން ފާސްކުރި ބިލަކުންނެވެ.

މި ބިލުގައި ރައީސް ޒިލެންސްކީ އިއްޔެ ސޮއިކުރެއްވުމާ ވިދިގެން ބިލް ވަނީ ޤާނޫނަކަށް ވެފައެވެ.

ޔުކްރޭނުގެ ބަރްލަމާނުގެ އިންޓަރނެޓް ޞަފްޙާ ބުނާގޮތުގައި މި ގޮތަށް އެ ދުވަސް ބަދަލުކުރަން ޖެހުނީ ރޫސީ އޮތޮޑޮކްސް ފައްޅިއާ ޔުކްރޭން ވަކިވަން ޖެހޭތީއެވެ. 

ކްރިސްޓިއަން ދީނުގެ އެންމެ ޤަދީމީ މަޒްހަބު އޮތޮޑޮކްސް މަޒްހަބު ބުނާގޮތުގައި ޢީސާގެފާނު އުފަންވެވަޑައިގަތީ ހަތެއް ޖަނަވަރީގައެވެ. އެހެނަސް ރޯމަން ކެތަލިކް މަޒްހަބު ބުނާގޮތުގައި ޢީސާގެފާނު ރައްކައުވީ 25 ޑިސެންބަރުގައެވެ. 

ކްރިސްމަހުގެ އިތުރަށް ޔުކްރޭނުގެ އެހެނިހެން ޤައުމީ ޢީދުތަކުގެ ތާރީޚުތަކަށް ވެސް ޔުކްރޭނުން ވަނީ ބަދަލު ގެނެސްފައެވެ. އެއީ  ގްރޮގޯރިއަން ކަލަންޑަރުގެ ބަދަލުގައި ޖޫލިޔާނީ ކަލަންޑަރަށް ޢަމަލުކުރާތީ ގެނެވުނު ބަދަލުތަކެއް ކަމަށް ވެސް ޔުކްރޭނުން ބުންޏެވެ. އެހެންކަމުން ޔުކްރޭންގެ ދައުލަތުގެ ދުވަސް ފާހަގަ ކުރެވޭނީ 28 ޖުލައިގެ ބަދަލުގައި 15 ޖުލައިގައެވެ. ޔުކްރޭން ދިފާޢުކުރާ މީހުންގެ ދުވަސް ފާހަގަކުރެވޭނީ 14 އޮކްޓޯބަރުގެ ބަދަލުގައި އެކެއް އޮކްޓޯބަރުގައެވެ. 

ޔުކްރޭނާއި ރަޝިޔާގެ ގިނަ ރައްޔިތުންނަކީ މަސީޙީ އޮތޮޑޮކްސް މަޒްހަބަށް ތަބާވާ ބަޔެކެވެ. ކްރިސްމަސް ފާހަގަކުރާ ދުވަސް ބަދަލުކުރުމާ ބެހޭގޮތުން މި ދިޔަ ޑިސެންބަރުމަހު ނެގި ޢާންމު ޚިޔާލު ހޯދުމެއް ވޯޓެއް ބުނާގޮތުގައި 59% މީހުން އެ ދުވަސް ބަދަލުކުރުމަށް ތާއީދުކުރިއެވެ. ޚިޔާލު ހޯދުމުގެ މި ވޯޓުގައި 1.5 މިލިއަން މީހުން ބައިވެރިވެފައި ވެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *