Support Us

ކިޔީވުން ހަނގުރާމަ ހުއްޓާނެ ޝަރްޠުތައް ހާމަކޮށްފި

ޔުކްރޭން ހަނގުރާމައަށް ނިމުމެއް އަންނާނީ ޔުކްރޭންގެ ރައީސް ޒިލެންސްކީގެ ޝަރްޠުތައް މޮސްކޯއިން ޤަބޫލުކުރުމުން ކަމަށް ޔުކްރޭންގެ ރިޔާސީ އޮފީހުގެ ވެރިޔާ އެންޑްރޭ ޔަރްމަކް ވިދާޅުވެއްޖެއެވެ.

ޔުކްރޭނުގައި ތިއްބަވާ ސަފީރުންނާއި ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރީންނާ މިއަދު ބައްދަލުކުރައްވަމުން ޔަރްމަކް ވިދާޅުވިގޮތުގައި ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ އަސާސީ އެއް ޝަރްޠަކީ ޔުކްރޭނަށް 1991ގެ ކުރީގެ ސަރަޙައްދު ލިބި ޤައުމީ ސިޔާދަތު ފުރިހަމައަށް ލިބުމެވެ. 

 އަނެއްކޮޅުން ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން ވިދާޅުވާ ގޮތުގައި މޮސްކޯ އޮތީ ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް ފެށުމަށް ތައްޔާރަށެވެ. އެހެނެސް ކިޔީވުން ހަނގުރާމަ ހުއްޓާކަށް ބޭނުމެއް ނުވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާއާއި ނޭޓޯއިން ކިޔީވަށް ހަތިޔާރުތައް ދީގެން ބޭނުންވަނީ ރަޝިޔާ ބަލިކުރުމަށެވެ. އެހެނަސް މި ކަން ނުކުރެވޭނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ. ޔުކްރޭން ހަނގުރާމަ ހުއްޓުވޭތޯ ޗައިނާއާއި އެފްރިކާގެ ބައެއް ޤައުމުތަކާއި ބްރެޒީލުގެ ރައީސް ހުށައަޅުއްވައިފައިވާ ހުށައެޅުންތަކަށް ކިޔީވުން ވަނީ އިޖާބަ ނުދީފައެވެ.

ހަނގުރާމައިގެ މައިދާން

ހަނގުރާމައިގެ މައިދާނަށް ބަލާއިރު އިރުމަތީ ޔުކްރޭންގެ ޢަސްކަރީ އިދާރާގެ ރައީސް ލެސަކް ވިދާޅުވާ ގޮތުގައި ރަޝިޔާއިން މިއަދު ޑުނެޕްރޯ ސަހަރަށް ދިން މިސައިލް ޙަމަލާގެ ސަބަބުން ނުވަ މީހަކު ޒަޚަމުވިއެވެ. މި ޙަމަލާގެ ސަބަބުން އެ ސަހަރުގެ އެތައް ޢިމާރާތްތަކަކަށާއި ބިނާރަށް ގެއްލުން ލިބުނެވެ.

ޔުކްރޭންގެ ރައީސް ޒިލެންސްކީ އޭނާގެ ޓެލެގްރާމްގައި ލިޔުއްވިއެވެ. "ރޫސީ މިސައިލްތަކުގެ ސަބަބުން ބިރުވެރިކަން އަލުން އިންދައިފިއެވެ." ޒިލެންސްކީ ވިދާޅުވި ގޮތުގައި "ރަޝިޔާގެ މި ޢަމަލުތަކަށް ޒިންމާދާރު ކުރެވޭނެއެވެ." 

ޔުކްރޭންގެ ޗީފް އޮފް ސްޓާފްގެ އޮފީސް ބުނިގޮތގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާއިން ޔުކްރޭންގެ ބިންތަކަށް ވައިގެ 11 ޙަމަލާދިނެވެ. އެ އޮފީހުން ބުނިގޮތުގައި ރޫސީ ސިފައިން ކުރިއަރަން ކުރި އެތައް މަސައްކަތްތަކަކަށް ހުރަސްއަޅައި ހުއްޓުވުނެވެ. 

ޔުކްރޭނުން ބުނިގޮތުގައި ޒަބަރޯޖިޔާ ސަރަޙައްދުގައި ދެ ނާރެހެއްގައި ޔުކްރޭން ސިފައިން ކުރިއަރަމުން އެބަދެއެވެ. 

ޔުކްރޭންގެ ޚަރްސަން ސަރަޙައްދުގެ ޢަސްކަރީ އިދާރާ ބުނާގޮތުގައި އެ ސަރަޙައްދަށް ރޫސީ ސިފައިން އިއްޔެ 29 ޙަމަލާދިނެވެ. ރޫސީ ސިފައިން ޙަމަލާދިން ތަންތާނގެ ތެރޭގައި މީހުން ދިރިއުޅޭ ޢިމާރާތްތަކާއި ބްރިސްލާވް ސަރަޙައްދުގައި ގޮވާން ބޭރުކުރާ ބަނދަރު ހިމެނޭކަމަށް ބުންޏެވެ. މި ޙަމަލާތަކުގެ ސަބަބުން ހަތަރު މީހަކު ޒަޚަމުވިކަމަށް ވެސް މި އިދާރާއިން ބުންޏެވެ.

ރޫސީ ސިފައިން ބުނާގޮތުގައި ލީމަން ސަރަޙައްދުން ޔުކްރޭނަށް ގެއްލުނު ތަންތަނަށް އަނބުރާ ހިފަންވެގެން ކުރި ހަ މަސައްކަތެއް ނާކަމިޔާބު ކޮށްލިއެވެ. ޔުކްރޭންގެ ހަ ޑްރޯނާއި ހައިމާރިސް ދެ މިސައިލް ވައްޓައިލިއެވެ. 

ރަޝިޔާގެ ބަރްލަމާނިގެ މެންބަރަކު ހާމަކުރެއްވި ގޮތުގައި ދެކުނު ރަޝިޔާގެ ސާމަރާ ސަހަރުގެ ތެޔޮ ސާފުކުރާ ކަރުޚާނާއެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން އެ ތަނަށް ގެއްލުންތަކެއް ލިބުނެވެ. އަދި ރަޝިޔާގެ ރޮސްޓޯވް ސަރަޙައްދުގެ ކެފޭއެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން 15 މީހަކު ޒަޚަމުވިއެވެ. މި ޚަބަރު ރޫސީ ސިފައިން ވެސް އަދި ޔުކްރޭނުން ވެސް ކަށަވަރުކޮށެއް ނުދެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *